މާލޭ ޖަލުގެ ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ބޭނުންކުރުމަށް ކިޔު ސިސްޓަމެއް މާލެ ޖަލުގައި މިއަދު ޤާއިމް ކޮށްފިއެވެ.
ކަރެކްޝަނުން ވިދާޅުވީ، ކިޔު ސިސްޓަމް އަކީ އެޖަލުން ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހަ އަދި އިންސާފުވެރި ކަމާއިއެކު ޙިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ޤާއިމްކުރި ކިޔު ސިސްޓަމެއް ކަމުގައެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ވިދާޅުވީ ޖަލު ބަންދުގައި ތިބޭ ޤައިދީންގެ އާއިލާ ތަކުން ޤައިދީންނާ ބައްދަލުވުމަށް ފޯމު ހުށަހެޅުމުން 24 ގަޑިއިރުގެ ތެރޭގައި، މިހާރު ބައްދަލުވުމުގެ ފުރުސަތު ހަމަޖެހިގެންދާނެ ކަމަށެވެ.
މިއަހަރު ތެރޭ ޖަލުން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ތެރޭގައި، އާއިލީ ބައްދަލުވުންތައް ކުރިއަށްދާތަނަކީ، ކުޑަކުދިންނާ ވެސް ރައްޓެހި މާހައުލަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ޕްލޭ އޭރިއާއެއް ވަނީ އެތަނުގައި ޤާއިމު ކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް