ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މާދަމާ ބާއްވަނީ

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާ އެއް އެމްޑީޕީން ބޭވުމަށް އެދިފައިވާއިރު، މި ޖަލްސާ މާދަމާ ބާއްވާގޮތް ހަމަޖެހިއްޖެއެވެ. މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާގައި އޮތީ، ހަމައެކަނި ޓެރަ...

11 Sep 2019 | 11:52

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާ އެއް އެމްޑީޕީން ބޭވުމަށް އެދިފައިވާއިރު، މި ޖަލްސާ މާދަމާ ބާއްވާގޮތް ހަމަޖެހިއްޖެއެވެ.

މާދަމާ ބާއްވާ ގޮތަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާގައި އޮތީ، ހަމައެކަނި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމެވެ. އެގޮތުން މަޖިލީހުގައި މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.

މި ބިލު މަޖިލީހަށް ހުށައަޅުއްވާފައި ވަނީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް އެވެ.

މަޖިލީހުގެ ފުރަތަމަ ދައުރު ނިފައިވާއިރު، ދައުރުން ބޭރުން މި ޖަލްސާ ބޭވެނީ ޓެރަރިޒަމްގެ ގާނޫނަށް ވީހާވެސް އަވަހަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވަނިކޮށް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް