ފޮރިން މިނިސްޓަރ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއައް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވާންގް ޔީ ...

11 Sep 2019 | 10:46

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މި ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވާންގް ޔީ ގެ ދައުވަތަކަށް، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ވަންގް ގީޝާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އާއިއެކު ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް