ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބައި ލައްކައަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފިއެވެ.
ކަސްޓަމްސް އިން ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު ވަނީ މިތަކެތި ތިލަފުށީގައި ނައްތާލެވިފައެވެ. އެގޮތުން ނައްތާލި ތަކެތީގެ ތެރޭގައި 51621 ބަނގުރާ ފުޅީގައި ހިމެނޭ 19،785.15 ލީޓަރާއި، ބަނގުރާ ޕެކެޓް ގައި ހިމެނޭ 2460 ލީޓަރު އަދި ތިން ބަނގުރާ ދަޅު ގައި ހިމެނޭ 0.99 ލީޓަރެވެ.
މި ތަކެއްޗަކީ ކަސްޓަމްސް ޤަވައިދުގެ 264 ވަނަ މާއްދާ އާއި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެ ކުރަން އުޅުމުގައި ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލު ކުރާނެ އުސޫލުގެ ދަށުގައި ހިމެނޭ ތަކެއްޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް