ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވަން އެދިއްޖެ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ. ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެދުނުކަމ...

11 Sep 2019 | 09:41

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ނިމިފައިވާއިރު ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެމްޑީޕީން އެދިއްޖެއެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެދުނުކަމަށް ޓްވީޓް ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ދައުރުން ބޭރުން ޖަލްސާއެއް ބޭވުމަށް އެދިފައިވާކަމަށާއި، މިކަމަށް އެދިފައި ވަނީ ޤަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

https://twitter.com/aliaazim/status/1171704853040521216

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ބޭނުންނަމަ މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށައަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސައިދިނުމަށް މަޖިލީހުގެ ޤަވައިދުގައިވެއެވެ.

19 ވަނަ މަޖިލީހަކީ ކުރިން ހިނގާފައިވާ މަޖިލީސްތަކާ އަޅާ ބަލާއިރު، ރަނގަޅަށް މަސަތްކަތް ކޮށްފައިވާ މަޖީލީހެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް