ދީނަށް ފުރައްސާރަކޮށްގެން ގދ. ތިނަދޫ އިން ހައްޔަރުކުރި ރުސްތުމް ނަމަކަށް ކިއުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެއްވެސް ދީނެއް ގަބޫލު ނުކުރާކަމަށްބުނެ ފާޅުގައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ލިޔެ، ދީނާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔަ މި މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ވިދާޅުވީ، މި މީހާ އަށް އިންޒާރު ދިން މައްސަލައެއް ވެސް މިހާރު ބަލަމުންދާ ކަމުގައެވެ.
"ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަ އަދި ފުރައްސާރަކުރި މީހާއަށް އިންޒާރު ދިން މައްސަލައެއް ބަލަމުން ދަނީ" ފުލުހުން ވިދާޅުވިއެވެ.
މި މީހާ ވަނީ ސޯޝަލް މީޑިއާގައި ދީނާ ދެކޮޅަށް ލިޔުމުގެ އިތުރުން، ދީނާ ދެކޮޅަށް ހޯމަ ދުވަހު އެއްވުމެއް ބޭއްވިކަމަށްވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް