އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ހުޅުއްވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލައިފައިވަނީ އިލެކްޝަން ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 2019 ނޮވެންބަރު 24 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
އެގޮތުން އެ ކޮމިޝަނުގެ މެންބަރަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން 2019 ސެޕްޓެންބަރު 16 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލައިފައެވެ.
ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްHTTPS://PRESIDENCY.GOV.MV އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް