މިދިޔަ މަހު ދައުލަތަށް 862.91 މިލިއަން ރުފިޔާ ލިބިއްޖެ

ނިމިދިޔަ އޮގަސްޓް މަހު ދައުލަތަށް 862.91 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ. މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި...

11 Sep 2019 | 07:20

ނިމިދިޔަ އޮގަސްޓް މަހު ދައުލަތަށް 862.91 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ބުނީ، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %14.8 ދަށް އަދަދެއް ކަމަށާއި، މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ %3.4 ދަށް އަދަދެއް ކަމަށެވެ.

ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ އޮގަސްޓު މަހު ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ސަބަބަބަކަށް މީރާއިން ފާހަގަކުރީ، އޮގަސްޓު 2018 ގައި ލޭންޑް އެކިއުޒިޝަން ފީ އަދި ކޮންވަރޝަން ފީ، ކޮންސްޓްރަކްޝަން އެކްސްޓެންޝަން ފީ އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ އެއް ކަމަށް ވަތީއެވެ.

މި އަހަރުގެ އޮގަސްޓު މަހު ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، އެ ފައިސާ ދައްކަންޖެހޭ ސުންގަޑިއަށް ދައްކާފައި ނުވާތީ ކަމަށްވެސް މީރާއިން މައުލޫމާތު ދެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %55.8  ނުވަތަ 481.72 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީޓީ އަށް ވާއިރު، އެއީ %13.3 ނުވަތަ 114.67 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 72.09 މިލިއަން ރުފިޔާ (8.4%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.36 މިލިއަން ރުފިޔާ (6.2%)، އެއަރޕޯޓު ސަރވިސް ޗާޖްގެ ގޮތުގައި 52.13 މިލިއަން ރުފިޔާ (6.0%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 88.94 މިލިއަން ރުފިޔާ (10.3%) ހިމެނެއެވެ.

މިދިޔަ މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި، 30.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް