ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހީމޯޑަޔަފިލްޓްރޭޝަން (ޑަޔަލަސިސް) ޕެކޭޖް ހެޔޮ އަގުތަކަކާއި އެކު ތައާރަފްކޮށްފިއެވެ.
މިއަދުން ފެށީގެން މި ޕެކޭޖްގެ ހިދުމަތް ލިބެމުންދާއިރު، މިޕެކޭޖް ލިބޭނީ އާސަންދަ ކެނޑުމަށްފަހު ކޮންމެ ޑަޔަލަސިސް ހިދުމަތަކަށް 1000ރ. އަށް ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.
މިޙިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޓްރީ ޓޮޕްގެ ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ ޑރ. މްލާޑެން ނޯޓެކް، ކޮންސަލްޓަންޓް ނެފްރޮލޮޖިސްޓްއެވެ. އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދެނީ ކިޑްނީ ބަލިތަކައް ތަމްރީން ކުރެވިފައިވާ ނަރުހުންނެވެ.
ހޮސްޕިޓަލުގެ ނެފްރޮލޮޖީ ޑިޕާޓްމަންޓްއަށް އެޕޮއިންޓްމަންޓް ލިބިލައްވާނީ ހެނދުނު 09:00 އާއި ރޭގަނޑު 22:00 ދެމެދުގައެވެ.
ހީމޯޑަޔަފިލްޓްރޭޝަން ފަރުވާއަކީ ޑަޔަލަސިސް ފަރުވާއަށް މިހާރުދެވޭ އެންމެމަތީ ފެންވަރުގެ އަދި އެންމެފުރިހަމަ ފަރުވާކަމުގައިވަނީ ފާހަގަކުރެވިފައެވެ. ޑަޔަލަސިސްގެ ޙިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން، ހީމޯޑަޔަފިލްޓްރޭޝަންގެ ފަރުވާ ބޭނުންކުރާފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތް އާންމުގޮތެއްގައި އާދައިގެ ޑަޔަލަސިސް ފަރުވާބޭނުންކުރާ ފަރާތްތަކަށްވުރެން ރަނގަޅުކަމުގައި ދިރާސާތަކުން ދައްކައެވެ. މިފަރުވާގައި ބޭނުންކުރެވޭ ފެނުގެ ސާފުތާހިރުކަމުގެ ފެންވަރު މަތިކުރެވިފައިވުމުގެ ސަބަބުން، އެހެނިހެން ބަލިތައްޖެހުމުގެ ފުރުސަތު ކުޑަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް