ހަދަމުން އަންނަ އިމާރާތަކުން ބިދޭސީއަކު ވެއްޓިއްޖެ

ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ. އުމުރުން 27 އަހަރުގެ މި ބިދޭސީ މީހާ ވެއްޓިފައި ވަނީ މަޖީދީމަގާއި ރަށްދެބައިމަގު ގުޅުނު ހިސާބުގައި ހަދަމުންދިޔަ އިމާރާތެއްގެ ދ...

11 Sep 2019 | 06:20

ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ.

އުމުރުން 27 އަހަރުގެ މި ބިދޭސީ މީހާ ވެއްޓިފައި ވަނީ މަޖީދީމަގާއި ރަށްދެބައިމަގު ގުޅުނު ހިސާބުގައި ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިންނެވެ.

މިއަދު 10:45 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް