އެޕަލް އިވެންޓް: އައިފޯނު 11 ލޯންޗު ކޮށްފި، އެންމެ ހާއްސަ ކަމަކީ ކެމެރާ ސިސްޓަމް

އެޕަލް ކުންފުނިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޕަލް އައިފޯނު 11 ލޯންޗު ކޮށްފިއެވެ. 6.1 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ މި ފޯނަކީ މިހާތަނަށް ފޯނެއްގައި ބޭނުން ކުރާ އެންމެ ވަރުގަދަ ބިއްލޫރި ކަމަށް އ...

11 Sep 2019 | 06:03

އެޕަލް ކުންފުނިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެޕަލް އައިފޯނު 11 ލޯންޗު ކޮށްފިއެވެ.

6.1 އިންޗީގެ ޑިސްޕްލޭއެއް ހިމެނޭ މި ފޯނަކީ މިހާތަނަށް ފޯނެއްގައި ބޭނުން ކުރާ އެންމެ ވަރުގަދަ ބިއްލޫރި ކަމަށް އެޕަލްއިން ބުނެއެވެ.

އެންމެ ހާއްސަ އެއް ފީޗަރ އަކީ އައު ޑުއަލް ކެމެރާ ސިސްޓމެވެ. 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާ އަކާއި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެއް ހަރުކޮށްފައިވާއިރު ކެމެރާގެ ފްލެޝް ކުރީގެ ފްލެޝް މޮޑިއުލްތަކަށްވުރެ 36 އިންސައްތަ އަލި ގަދަވާނެ ކަމަށް ބުނެފައިވެއެވެ. ލޯ ލައިޓް ޝޮޓް ތަކަށް ހާއްސަ މޯޑެއްވެސް ހިމަނާފައިވެއެވެ.

ފްރަންޓްގައިވެސް މިފަހަރު ހިމަނާފައިވަނީ ވަރުގަދަ ކެމެރާއެކެވެ. ފްރަންޓްގައި ހިމަނާފައިވާ 12 މެގަޕިކްސެލްގެ ކެމެރާއިން   4K  ކޮލިޓީގައި ވީޑިއޯ ކޮށްލެވެއެވެ. އަދި ސްލޯ މޯޝަން ވީޑިއޯވެސް ކޮށްލެވެއެވެ.

ފޯނުގައި ބޭނުންކޮށްފައިވަނީ އެޕަލްގެ އެންމެ ފަހުގެ ޗިޕްސެޓް A13 އެވެ. މިއީ ސްމާޓް ފޯނެއްގައި މިހާތަނަށް އެޅުވި އެންމެ ވަރުގަދަ ޗިޕްސެޓް ކަމަށްވެސް އެޕަލްއިން ބުނެއެވެ.

ލިބޭ ކުލަތަކަކީ ކަޅު، ފެހި، ރީނދޫ، ދަނބު، ރަތް އަދި ހުދު ކުލައެވެ. އަގު ފެށެނީ 699ޑޮލަރުންނެވެ. މިހާރު ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު ޝިޕިންގް ފަށަނީ މި މަހު 20  ގައެވެ.

https://www.youtube.com/watch?v=H4p6njjPV_o

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް