ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބުޑުތައް އަޅައި ނިމިއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް ހަސަން އަރީފު މިއަދު ބުނިގޮތުގައި، އާ އިންޓަނޭޝަނަލް ޓާމިނަލްގެ ބުޑުތައް އެޅުމުގެ މަސައްކަތް ނިމި 1600 ޕައިލް ޖަހާފައިވާ ކަމަށާއި، ދެން ކުރިއަށް ދާނީ ގްރައުންޑްގެ މަސައްކަތްތައް ކަމަށެވެ.
ގާތްގަނޑަކަށް 78،000 ސްކުއާ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލްގެ މަސައްކަތް 2016 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާއި ހަވާލުކޮށްފައި ވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް ލަފާކުރިގޮތާއި ހިލާފަށް މަސައްކަތް ލަސްވެ، ސަރުކާރު ބަދަލުވުމުން އިތުރަށް މަސައްކަތް ވަނީ ލަސްވެފައެވެ. މިމަޝްރޫއު ކުރިއަށް ގެންދަނީ މެދުއިރުމަތީގެ ތަފާތު ހަތަރު ފަންޑަކުން ލޯނު ހަމަޖައްސައިގެންނެވެ.
https://twitter.com/MACLmedia/status/1171486202601492480
މި ޓާމިނަލް ތަރައްޤީކުރަނީ ހަތް މިލިއަން ފަސެންޖަރުންނަށް ހިދުމަތްދޭ ގޮތަށެވެ. ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ.
އެމްއޭސީއެލްގެ މިހާރުގެ އަމާޒަކީ 2022 ވަނަ އަހަރު އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް