ޤައުމީ އެއާލައިނުން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކަށް އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަން އިން މިއަދު ބުނީ، އޮންލައިންކޮށް ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓް ލިބޭ ވާހަކަ އުފަލާ އެކީ ހާމަކުރާކަމުގައެވެ. މީގެ ކުރީގައި ކުޅުދުއްފުއްޓަށް ކުރި ދަތުރުތަކުގެ ޓިކެޓު ވިއްކީ ޓިކެޓިން އޮފީސްތަކުންނެވެ.
https://twitter.com/MaldivianAero/status/1171624841058717696
މޯލްޑިވިއަން އިން ހަފްތާއަކު ތިން ފްލައިޓް ކުޅުދުއްފުށީގައި ބާއްވައެވެ. އެ އެއާޕޯޓު ހިންގަނީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުންނާއި ގުޅިގެންނެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ކުޅުދުއްފުށީ އެއާޕޯޓަށް މުވައްޒަފުން ހަމަޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.
ކުޅުދުއްފުށި އެއާޕޯޓު ހުޅުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރިޔާސީ އިންތިޙާބުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް