'ލޯބި' އެއީ އިންސާނާ އަށް ހައިރާންކުރުވަނިވި ބަދަލުތަކެއް ގެނެސްދޭ އެއްޗެކެވެ. އަޖައިބެއްދަފަ ކަންތައްތައް ކުރުމަށް ހިތްވަރުދޭ އަދި ހިތްވަރު ލިބޭ ފަދަ އެއްޗެކެވެ.
އަޅުގަނޑުމެން އެންމެންވެސް މާތް ނަބިއްޔާ (ސ.އ.ވ) ދެކެ ލޯބިވަމެވެ. އެހެނަސް އެކަލޭގެފާނު (ސ.އ.ވ) ދެކެ އެންމެ މަތިވެރި އެންމެ އިޚްލާސްތެރި ލޯތްބެއް ވެވަޑައިގެންނެވި ބޭފުޅަކީ އަބޫބަކުރުއް ސިއްދީގުއެވެ. ( ރ.އ ) އެއީ އަޖައިބެއް ފަދަ ލޯތްބެކެވެ. އިންސާނާ އަށް ޚިޔާލަކަށް ފިކުރަކަށް ނުގެނެވޭނެ ފަދަ މަތިވެރި ލޯތްބެކެވެ.
އަމިއްލަ އަދުމެއް މުހުތާދެއް ނެތް ލޯތްބެކެވެ. ރަސުލާ (ސ.އ.ވ) ކުރަމަތިވެވަޑައިގެންނެވި ހުރިހާ ގޮންޖެހުންތަކުގައި އަމިއްލަ މުދަލަށާއި ފުރާނައަށް ބެއްލެވުމެއް ނެތި މަދަދުގާރެއްގެ މަގާމު އަދާކުރެއްވިއެވެ. އެއީ ހިޖުރައިގެ ބައިވެރިޔާއެވެ. ހޮހޮޅައިގެން މިތުރެވެ. އެ މާތް ލޯބީގެ ކުޑަ މިންވަރެއް ދެނެގަތުމަށް މި ވީޑިއޯ ބައްލަވާލައްވާށެވެ.
https://www.youtube.com/watch?v=6an-vRdmIMs
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް