ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕަންނޫގެ ބައިވެރިޔަކު ހުންނަ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ތާޕްސީގެ ބައިވެރިޔަކު ހުންނަކަމަށް އޭނާ ހާމަކޮށްފައިވަނީ މީޑީއާ އަށް ދިން އިންޓަވިއުއެއްގެ ތެރެއިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
32 އަހަރުގެ ތާޕްސީ ބުނީ، ލޯބިވެޔަކު ހުންނަކަމަށާއި ނަމަވެސް އަދި ކައިވެނި ކުރަން ބޭނުންނުވާ ކަމަށެވެ. ތާޕްސީ ކައިވެނިކުރާނީ ދަރިޔަކު ބޭނުންވުމުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ލޯބިވެރިޔާ އަކީ ފިލްމީ ދާއިރާގެ މީހެއް ނޫން ކަމަށާއި އަދި ކްރިކެޓް ކުޅުންތެރިއެއް ނޫން ކަމަށް ވެސް ތާޕްސީ ވަނީ ބުނެފައެވެ. އަދި އެމީހަކީ އިންޑިއާ އިން ބޭރު މީހެއް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ތާޕްސީގެ ޕާސަނަލް ކަންތައްތައް ހާމަނުކުރާއިރު، އެއީ ކާކުކަން އޭނާ ބުނެފައެއް ނުވެއެވެ. އަދި އެއީ ކޮން ގައުމެއްގެ މީހެއް ކަމެއްވެސް ނުބުނެއެވެ.
ތާޕްސީ އެންމެ ފަހުން ފެނިގެން ދިޔައީ އަކްޝޭ އާއި ވިދްޔާ ބާލަން އާއި އެކީ "މިޝަން މަންގަލް" އިންނެވެ. އޭނާ ދެން ފެނިގެންދާނީ "ސާންޑް ކީ އާކް" ކިޔާ ފިލްމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް