ކަނޑުވަމުންދިޔަ ދޯންޏެއް ހާލުގައި ޖެހި އެހީއަށްއެދި ފުލުހުންނަށް ގުޅުމުން، ތާއީދުކުރަނީ ކާކަށްތޯ ފުލުހުން އެހި ކަމަށާއި ފުލުހުންގެ އެހީ ނުލިބި އެ ދޯނި ދިޔައީ އަޑިއަށްކަމަށްބުނެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުން މިކަން ދޮގުކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެކަން ހިނގާ ދިޔަގޮތް ބަލާފައިވާކަމަށާއި މި އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ލޯންޗަކާއި ދޯންޏެއްގެ އެހީގައި ހާލުގައި ޖެހުނު ދޯންޏަށް އެހީވެ އެކަމުގައި "ފުލުހުން" ބައިވެރިވެފައިވާކަމަށެވެ.
ޝިފާން ވިދާޅުވީ އިބޫ އެހެން ވިދާޅުވި މައްސަލަ ކަމާއިބެހޭ އިދާރާތަކަށް ހުށަހެޅި އެ މައްސަލަ ކުރިއަށްދާނެކަމަށާއި އަދި ތާއީދު ހޯދުމަށް އެއްވެސް ފަރާތަކުން އެފަދަ ވާހަކައެއް ނުދެއްކުމަށް ފުލުހުން އިލްތިމާސްކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް