މިދިޔަ މަހު މުދާ އިމްޕޯޓު ކުރި މިންވަރު 33 ޕަސެންޓު އިތުރު!

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދާ 2017 ވަނަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލާއި އަޅާ ބަލާއިރު 33 ޕަސެންޓު އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ. އެ އިދާރާއިން އާންމުކޮށްފައިވާ ...

11 Sep 2018 | 05:00

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދާ 2017 ވަނަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލާއި އަޅާ ބަލާއިރު 33 ޕަސެންޓު އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 4.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓުކޮށްފައިވަނީ 3.16 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާ، ޔޫއޭއީ އަދި ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖެއިން 259 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އެވެ. އެއީ މައިގަނޑު ގޮތެއްގައި މަހުގެ ބާވަތްތަކެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަނުވިލާތް، ތައިލޭންޑު އަދި އިނގިރޭސިވިލާތުންނެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު ފައިސާ ވަނީ 14 ޕަސެންޓު އިތުރުވެފަ އެވެ.

މިދިޔަ މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބުނު އިރު 2017 ވަނަ އަހަރުގެ އޮގަސްޓު މަހު ލިބިފައިވަނީ 245 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް