އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުވެރިކަން ދައްކާލުމަށް "އާޓް އޮފް މައިންޑް 2018" ގެ ނަމުގައި އެގްޒިބިޝަނެއް ބާއްވައިފި އެވެ.
ނެޝަނަލް އާޓް ގެލެރީގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި އެގްޒިބިޝަންގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ހިދުމަތް ހޯދަމުންދާ ދެ އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންގެ ހުނަރު ދައްކާލާފައިވެ އެވެ. މި މައުރަޒުގައި ބައިވެރިކޮށްފައިވާ ކުރެހުންތަކަކީ އެ ސެންޓަރުގައި ކިޔަވަމުންދާ 79 ދަރިވަރުންގެ މަސައްކަތެވެ.
މި އެގްޒިބިޝަން ބޭއްވުމުގެ މަގުސަދަކީ އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްގީކޮށް، މުޖުތަމައުގައި އެ ކުދިންގެ ހިއްސާ އިތުރު ކުރުމެވެ، އަދި މި ދާއިރާގެ ފަންނީ މީހުންގެ އެހީތެރިކަން އެ ކުދިންނަށް ހޯދައި ދިނުމުގެ މަގުސަދުގައި ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތުދެ އެވެ.
އޯޓިޒަމް އެސޯސިއޭޝަނުން މީގެ ކުރިން މިފަދަ ތިން އެގްޒިބިޝަނެއް ބޭއްވި އިރު މިއީ އާންމުންނަށް ވަދެވޭ ގޮތަށް ކުރިޔަށް ގެންދިޔަ ފުރަތަމަ އެގްޒިބިޝަން އެވެ.
މިއަހަރުގެ އެގްޒިބިޝަން ކުރިޔަށް ގެންދިޔައީ ޖެންޑާ މިނިސްޓްރީ އާއި، ނެޝަނަލް އާޓް ގެލަރީ އަދި އޯޓިޒަމް އެސޯސިއޭޝަން ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް