ކުޑަކަމާއި ބޮޑު ކަމުދާން އުނދަގޫނަމަ ކާފޫރު ތޮޅި ވަރެއް ނެތް!

ކާފޫރުތޮޅި އަކީ ވަރަށް ރަހަ ގަދަ ކުޅި ރަހަލާ އެއްޗެކެވެ. އާންމުކޮށް ކެއުމަށް ފަހު ކާއެއްޗެހީގެ ރަހަ އަނގައިން ކަނޑުވާލަން ނުވަތަ ފޮނި އެއްޗެއް ކައްކާއިރު އެއަށް އަޅަން ކާފޫރުތޮޅި ބޭނުން ކުރެ އެވެ. އާނ...

11 Sep 2018 | 03:25

ކާފޫރުތޮޅި އަކީ ވަރަށް ރަހަ ގަދަ ކުޅި ރަހަލާ އެއްޗެކެވެ. އާންމުކޮށް ކެއުމަށް ފަހު ކާއެއްޗެހީގެ ރަހަ އަނގައިން ކަނޑުވާލަން ނުވަތަ ފޮނި އެއްޗެއް ކައްކާއިރު އެއަށް އަޅަން ކާފޫރުތޮޅި ބޭނުން ކުރެ އެވެ.

އާންމުކޮށް ކޮންމެ ދުވަހަކު ކާފޫރުތޮޅި ބޭނުން ކުރާނަމަ ހަށިގަނޑަށް ލިބޭ ފައިދާ އިނގޭ ހެއްޔެވެ. އާންމުކޮށް ކާ އެއްޗެހި ކެއުމުން ހަށިގަނޑަށްދާ ބޭނުން ނުހިފޭ ބޭކާރު ބައިތަށް ކާފޫރުތޮޅި ކެއުމުން ބޮޑު ކަމު ދާއިރު ބޭރުވެ އެވެ. އަދި ހަށިގަނޑު ތެރެއިން ޖަރާސީމު ބޭރު ކުރުމަށްވެސް ކާފޫރު ތޮޅިއަކީ ރަނގަޅު އެއްޗެކެވެ.

އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބެނީ މިއީ ބަރުދަން ލުއިކޮށްދޭވެސް އެއްޗަކަށް ވާތީ އެވެ. އެގޮތުން އާންމުކޮށް ކޮންމެ ދުވަހަކު ކާފޫރުތޮޅި ކާނަމަ ކުޑަކަމު ދިއުމަށާއި ބޮޑު ކަމު ދިއުމަށް ފަސޭހަ ވާނެ އެވެ. ހަށިގަނޑު ރަނގަޅު ސިއްހަތެއްގައި ހުރުމަށް އެހީވެދީ ސަރުބީ ވިރުވާލަ ދެއެވެ.

ކާފޫރުތޮޅި ކެއުމުން ހަށިގަނޑުގެ ތެރޭގައި އިތުރުވާ ފެނުގެ ސަބަބުން ކުޑަކަމުދާން ފަސޭހަވެ އެވެ. އަދި ބޮޑު ކަމުދިއުމަށް އުނދަގޫވެ ބަނޑުކޮޅު ފުއްޕާފައި ހުންނަ މީހުން ކާފޫރުތޮޅި ކެއުމުން ހަޖަމްވުމުގެ ބައި ހަމަޖެހޭނެ އެވެ. އެހެންކަމުން ބަރުދަން ލުއި ކުރުމަށް ކާފޫރު ތޮޅި މުހިންމު ދައުރެއް އަދާ ކުރެ އެވެ.

ބަރުދަން ލުއި ވުމުގެ އިތުރުން ކާފޫރުތޮޅި ގަވައިދުން ކޮންމެ ދުވަހަކު ކާނަމަ ލޭގެ ޕްރެޝަރު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. އަދި ހަށިގަނޑުގެ ގުނަވަންތަކަށް ލޭ ފޮނުވައިދޭ މިންވަރު އެއް ވަރެއްގައި ހިފަހައްޓައިދެ އެވެ.

ގަވައިދުން ކާފޫރުތޮޅި ބޭނުން ކުރުމަށް އެތެރޭގައި ހުންނަ އޮއްތައް ނަގައި މުގުރާލައި، ހިމުން ކޮށްލާށެވެ. ހުހަށް ކެއުމުގެ ބަދަލުގައި ސައިތައްޓަކަށް ނުވަތަ ކިރު ތައްޓަކަށް އަޅައިން ކޮންމެ ދުވަހަކު ބޯން އާދަ ކުރާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް