| ފުރަތަމަ ބައި | ދެވަނަ ބައި |
ޝަބާ ތާރާއާއި އެކު އައިސް ޖޯލީގައި އިށީނެވެ.އެވަގުތު ޝަބާގެ ފޯނައް މެސެޖެއް އައުމުން ބަލާލިއިރު ޔަޒާންގެ މެސެޖެކެވެ.
އަވަސް އަވަހަށް މެސެޖް ހުޅުވާލާ މެސެޖްގައި ވާގޮތައް އެބަ އަންނަ ކަމަށްބުނެ ޝަބާ ޖޯލިން ތެދުވިއެވެ.
ފަހަތުން ތާރާވެސް ތެދުވެ ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ހިރުނދުގަހުގެ ނިވަލުގައި ހުރި މާކިން އެއަށް ވުރެ ހުޝިޔާރެވެ. އައިސް ތާރާގެ އަތުގައި ހިފެހެއްޓިއެވެ. އޭރު ޝަބާ ފަހަތްވެސް ބަލާނުލައިގޮސް ގެއަށް ވަދެއްޖެއެވެ.
މާކިންގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ތާރާއަށް މާކިންއާއި ދުރަށްދާނެހައި ހިތްވަރެއް ނުލިބުނެވެ.
ތާރާ އެއްފަހަރުވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ"..އަހަރެން ތާރާއާއި ތާރާގެ އާއިލާ ދުރުކުރާކަށް ނޫޅޭމޭ " ޕްލީޒް ތާރާ ".. އަހަރެން ބޭނުމެއްނޫން އަހަރެންނައް ތާރާ ގެއްލޭކަށް ދުވަހަކުވެސް" މާކިން ތާރާގެ އިސްޖެހިފައިވާ މޫނަށް ބަލަންހުރެ ބުނެލިއެވެ.
"އަހަރެންނައް އަހަރެންގެ ބައްޕައާއި ކޮއްކޮ ދޫކޮށް ނުލޭވޭނެ. ތާރާ ކަރުނައިން ފުރިފައިވާ އަޑަކުން ބުނެލިއެވެ.
"އަހަރެން ނުބުނަމޭ އެމީހުން ދޫކޮއްލާށޭ".. އަހަރެން ތާރާގެ އާއިލާ ދެކެނީ އެއީ އަހަރެންގެ ވެސް އާއިލާ ކަމަށް"" އަހަރެންގެ ވާހަކައިގެ އެއްބައި އަޑުއަހާފައި ތާރާ ތިހެން ދިޔައިރު އަހަރެން ދެރަވާނެ ވަރެއް ނުވިސްނަންތަ؟ އަހަރެން ލޯބިވާ ވަރު ތާރާއަށް ނޭގެނީތަ؟ ތާރާ ބޭނުންވަނީ އަހަރެންނާ ދުރުވާންތަ " މާކިން އަށް އެހެން ބުނެވުމާއެކު ތާރާ މާކިންގެ ގައިގާ ބައްދާލިއެވެ. ތިހެންނުބުނޭ"..އަހަރެން ދުވަހަކުވެސް މާކްއާއި ވަކިވާކަށް ބޭނުމެއްނުވޭ އެއަށް ވުރެ އަހަރެން މާކިންދެކެ ލޯބިވޭ"...މާކް އެދުވަހު އެހެން ބުނީމަ އަހަރެން ބިރުގަތީ ." އެހެންވެ އެގޮތައް ކަންތައް ކުރެވުނީ".. އައި އޭމް ރިއަލީ ސޮރީ'..
ތާރާ މާކިންގެ ގައިގައި ބައްދައިގެން ހުރެ ރޮމުން ވާހަކަ ދެއްކިއެވެ. ތާރާއެކޭ އެކޭ އެއްގޮތަށް މާކިންގެ ހިތައް ވެސް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.
ދެމީހުން އެގޮތުގައި އެތައް އިރަކު ތިބުމަށްފަހު މާކިން ތާރާ ކުޑަކޮށް ދުރުކޮށްލުމަށްފަހު އެ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފޮހެލަދިނެވެ.
ދެން ހުއްޓާލާ " އަހަރެން ތާރާ ބޭނުން ހުރިހާ ކަމެއް ކޮއްދޭނަން"..އަހަރެން ބޭނުން ވަނީ މިރަށުން ދިއުމުގެ ކުރިން މެރީ ކުރަން ".. އަހަރެމެން ދާނީ ބައްޕަ އާއި ތަމީ ވެސް ގޮވައިގެން "..މާކިން އެހެން ބުނުމުން ތާރާ ދެފަރާތައް ބޯހޫރާލިއެވެ.
ބައްޕަ ނުދާނެ އެހެން ތާކަށް".. ތާރާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.
އެންމެ ރަގަޅު އަހަރެން އަށް ކުޑަދުވަސްކޮޅެއް ދީ "... އަހަރެން މާލެ ގޮސް ހުރިހާ ކަމެއް ނިންމާފަ ތާރާގެ އާއިލާ ކައިރިއަށް މިކޮޅަށް ބަދަލުވާނަން".. އަހަރެންނަށް ތާރާއަށްވުރެ އެއްވެސް ކަމެއް މުހިންމެއްނޫން "އެކަމަކު އަހަރެންނަށް ޔަގީންކަންދީ ދުވަހަކުވެސް ތާރާ ބަދަލު ނުވާނެކަމަށް"'
ބުނޭ އަހަރެންނޫން މީހަކާ ދުވަހަކުވެސް ތާރާ ނީންނާނަމޭ"'' އަހަރެންނައް އެޔަގީންކަންދީ" މާކިންގެ ވާހަކަ ތަކުން އެހިތުގައި ތާރާއަށް އުފެދިފައިވާ ފުރިހަމަ ލޯބި ހާމަވެގެން ދިއުމުން ތާރާ ކަރުނައިގެ ތެރޭން ހިނިތުން ވެލަމުން މާކިންގެ ހުރިހާ ސަރުތަކާ އެއްބަސްވެ ބޯޖަހާލަމުން މާކިންގެ ގައިގާ ބައްދާލިއެވެ.
އެގާރަޖަހަން ގާތް ވުމުން ތާރާ ގެއަށް ވަނުމުން މާކިންވެސް ގެއަށް ވަނުމަށް ހިނގައިގަތެވެ.
ހިތައް ލިބިގެން ދިޔަ ހަމަޖެހުމުން ގެއަށް ވަން ގޮތަށް ޔަޒާން އާއި ޝަބާއަށް މާކިން ސުކުރު އަދާކުރިއެވެ.
މާކިންގެ މޫނުމަތިން ހިނިތުންވުން ފެނުމުން ޝަބާއާއި ޔަޒާންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.
ހިނގާބަލަ ބުރެއް ޖަހާލަންދާން" މާކިން ބުނެލިއެވެ..' ހިނގާ ހިނގާ މިރޭ ބުރުވެސް ޖެހޭނެ" ޔަޒާން މާކިންއާ ދިމާކޮއްލަމުން އެހެން ބުނެ ދެމީހުން އެކުގައި ގޭން ނިކުތެވެ.
ސައިކަލަށް އަރާ ހަމަޖެހިލަމުން ސައިކަލް ސްޓާޓް ކޮއްލާ މިސްރާބުޖެހީ ރަށުގެ މެދެއްހާ ހިސާބުގައި ހުރި ކެފޭއާ ދިމާލަށެވެ.
އެރަށަކީ އެއަތޮޅުންވެސް އެންމެ އާބާދީ ބޮޑު ރަށް ކަމުން ރޭގަނޑުގެ މިވަގުތުގައިވެސް ކެފޭތެރެއޮތީ ވަރަށް ބޮޑަށް ފުރިފައެވެ..
މިހާރު ކޮންދުވަހަކުން މާލެދާން ތި ނިންމީ" ނުވެގެން އުޅޭކަންތައްވެސް މިހާރު ތިވީނު" ޔަޒާން ހިނިއައިސް ބުނެލިއެވެ.
އަސްލު މިރަށުން ދާހިތެއް ނުވޭ"..ވަރަށް ބިރުގަނޭ ތާރާ ގެއްލިދާނެތީ".. އެކަމަކު އެކޮޅުގަ ބައްޕައަށް ތަންކޮޅެއް ބުރަވީމަ ގެންދަން އެއުޅެނީ" މިހަފްތާތެރޭ ފުރަން ޖެހޭނެ""" އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން" މާކިން ކޮފީ ޖޯޑުން ކޮފީ ކޯވަރެއް ބޯލަމުން ބުނެލިއެވެ.
**
ބައްޕާ އެއްވެސް ކަމެއް ބޭނުންވޭތޯ؟ ތާރާ ބައްޕަގެ ކޮޓަރީ ދޮރުހުޅުވާލާފައި އައިސް ކައިރީ ހުއްޓިލާފައި ބުނެލިއެވެ".. ބައްޕަ އެއްވެސް ކަމެއް ބޭނުމެއްނޫން ދަރިފުޅު ދެންދޭ އަވަހަށް އޮށޯވެލަން"... ނިޔާޒް އެހެން ބުނުމުން ތާރާ ނިޔާޒްގެ އަތުގައި ފިރުމާލާފައި ކޮޓަރިން ނިކުތެވެ
".. ތަމީ ދެން އާދޭ ނިދަން"..ވަރައް ނިދިއާދޭ އެބަ"..ޓީވީއަށް ނަޒަރު ހުއްޓައިލައިގެން އިން ތަމަންއަށް ތާރާބުނެލިއެވެ.
އެއީ ކޮންމެ ރެއަކުވެސް އާދައެވެ. ތަމަން ނިދަން ކޮޓަރިއަށް ނުވަންނަނީސް އެއްރޭވެސް ތާރާ ނިދާކަށް ނުދާނެއެވެ. އެކަންވިސްނި ކޮންމެރެއަކުވެސް ތަމަން ކޮޓަރިއަށް ދަނީ ދޮންތަ ވަރުބަލިވެފަ ހުންނާނެވަރު އެނގޭތީއެވެ.
ފެންވަރައިގެން ނިދަން ތައްޔާރުވެގެން ތާރާއައިސް އެނދުގައި އިށީން އިރު އެހެން ރޭރޭއާ ހިލާފައް ތަމަން ދެލޯބޮޑުކޮއްގެން ކަމަކާ ވިސްނާކަހަލަ ގޮތަކައް އޮތެވެ.
"ތަމީ ކިހިނެއްވެފަ ތަނަކައް ތަދުވަނީތަ؟ ކަމެއް ވަންޏާ ދޮންތަ ކައިރީ ނުބުނެ ނުހުންނައްޗޭ" ތާރާ ބުނެލިއެވެ.
ދޮންތާ އަހަރެން ވަރައްދެރަވޭ ދޮންތަ އަބަދު ތިހެން އުޅޭތީ " ދޮންތަ ކީއްވެތަ އަހަރެން ލައްވާ އެއްވެސް ކަމެއް ނުކުރުވަނީ" ތިހެންއުޅެނިކޮއް ދޮންތަ ބައްޕަ ގޮތައް ދޮންތަ ބަލިވެއްޖާ އަހަރެން މޮޔަވެސް ވެދާނެ"
އަހަރެން ދުވަހަކުވެސް މަންމައަށް މާފުނުކުރާނަން "ތަމަން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.
ކޮއްކޯ ކޮންމެވެސް ދުވަހަކުން މައްމަ އަށް އަދި ވިސްނޭނެ އަޅާ ނުލާ... އިރާދަކުރެއްވިއްޔާ ދޮންތައަށް އެއްވެސް ކަމެއްނުވާނެ. ދޮންތަ މާދެރަވާނެ ތަމީ ތިގޮތަށް ރޮންޏާ. ތާރާ އެހެން ބުނެ ތަމަންގައިގައި ބައްދާލިއެވެ.
**********************
ކޮފީ ނިންމާލުމައްފަހު މާކިން ޔަޒާންއާއި އެކު ގެއާދިމާއަށް މިސްރާބުޖެހިއެވެ .ކޮޓަރިއަށްވަދެ ހަމަޖެހިލުމައްފަހު މާކިން އަވަސްވެގަތީ އޭނަ ހިތުގެ ރާނީއާއި ވާހަކަދައްކާލުމަށެވެ.
އެއަޑު ކަންފަތުގައި ޖެހިލުމާއެކު ހިތައް ބަޔާންކުރަން ދަތި އުފާވެރި ކަމެއް ލިބުނެވެ. އެއީ މާކިންއެކޭ އެއްގޮތަށް ތާރާގެވެސް ހާލެވެ.
"ތިރީތި އަޑު އަހަރެން ކަންފަތައް ނީވި ދިޔަ ދެރޭ އަހަރެންނައް ދެއަހަރުހާ ދިގުހެން ހީވެ" ދެން ދުވަހަކުވެސް އަހަރެން އަށް އެހެން ނުހަދައްޗޭ އަހަރެން މޮޔަވެދާނެ"ތިލޯބީގައި އަހަރެން އިމްތިހާން ނުކުރައްޗޭ" ތީ އަހަރެންގެ ފުރާނަ" ތާރާގެ އަޑު ޖެހިލުމާއެކު މާކިން ބުނެލިއެވެ.
އަހަރެން ދުވަހަކުވެސް ދެން އެކަހަލަ ކަމެއް ނުކުރާނަން "ތާރާ އޭނަގެ ކުށް ގަބޫލު ކުރަމުން ބުނެލިއެވެ.
ދެލޯބިވެރިންވެސް ހިތާހިތުން ދުއާ ކުރަމުންދިޔައީ އެލޯތްބަށް ދުވަހަކުވެސް ނިމުމެން ނައުމަށެވެ.
****************
ފަތިހު ބަންގީގެ އަޑާއެކު ތެދުވެ ތާރާ ފަތިސްނަމާދުކޮއްލައިގެން ތަމަންއަށް ގޮވާފައި އިލޮށިފަތި ހިފައިން އާދައިގެ މަތިން ނިކުތީ ގޭދޮށް ކުނިކަހާށެވެ. އޭރު އަދި ބިންމަތިވެސް ރަގަޅަށް އަލި ނުވެއެވެ. ފަތިހުގެ އެގަޑިއަކީ ހިތަށް ބުނެދޭންނޭގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބޭގަޑިއެކެވެ.
ހާލާ ކޮވެލީގެ ރީތި މިއުޒިކީ އަޑަކުން އެތައްބައެއްގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ޖެހިލާ މަޑު މަޑު ވައިރޯޅިން ގަސްތަކުގެ ފަތްތައް އެއް ރާގަކަށް ނަށާލާކަހަލައެވެ. ފަތިހަށް ފޮޅޭ މާތަކުގެ ވަހުން މުޅި ހަށިގަޑަށް އާރޯކަމެއް ލިބެއެވެ.
ކުނިކަހާ ނިމުމާއެކު ތާރާ އާދައިގެ މަތިން ބަދިގެއަށް ވަނުމުގެކުރިން ބައްޕަގެ ހާލުބަލާލިއެވެ. އޭރު ސަލާމްވެސް ފަތިސްނަމާދުން ފައިބައިގެން މަސްއޮޑިތައް ލަފާތާ މަޑުކޮށްލުމައްފަހު ކޮޓަރިއަށް އައިސް ވަނީއެވެ. "ސަލާމްބޭ މިދަނީ ކޮފީ ތައްޔާރުކޮއްލަން އިރުކޮޅަކުން އާދޭ އިނގޭ...
ތާރާ އެހެން ބުނުމުން ސަލާމް ބޯޖަހާލުމަށްފަހު ނިޔާޒް އުފުލައިލައިގެން ގެނެސް ސިޓިންގްރޫމްގައި ނިޔާޒްއޮންނަ އެދުގައި ބޭއްވިއެވެ.
ކޮންމެދުވަހަކުވެސް ފަތިސްނަމާދުކޮއްގެން އައިސް އެހެން ކަމެއްކުރުމުގެ ކުރިން ސަލާމް އެއްމެ ފުރަތަމަވެސް ކުރާކަމަކީ އެއީއެވެ.. އެއީ ތާރާ އެކަމަށްބުނެފައި އޮންނާތީއެވެ.
ހަތަރު ކޮފީތަށި ގިރާފައި ތާރާ އެއްތަށި ހިފައިގެން ގޮސް ބައްޕަ އޮތް އެދުކައިރީ ތާރާ އިށީނެވެ. އޭރު ތަމަން ކޮޓަރިން ނިކުމެގެން އާދެއެވެ. " ހުންނާނެ ކޮފީތަށި ގިރާފަ ދޮންތަވެސް މިދަނީ" ތާރާ އެހެން ބުނުމުން ތަމަން ލޯ އުގުޅަމުން އައިސް ތާރާ ގާތު މަޑުކޮށްލީ ތާރާއާއި އެކު ދާންވެގެންނެވެ.
*******************
ފުރަން ދުވަސް ގާތްވެފައިވާތީ މިދުވަސްކޮޅު މަސަތްކަތް ގިނަކަމުން މާކިންއަށް މިއަދު ތާރާއަށް ގުޅާލެވޭވަރުވީ ދިހައެއްވެސް ޖަހާ ދިޔަފަހުންނެވެ.
"ވަރައް މަސައްކަތް އެބަހުރި.. އެކަމަކު މިސްވާވަރުން އެއްވެސް ކަމެއް ނުކުރެވިގެން މިގުޅީ" އެކޮޅުން ފޯން ނެގުމާއެކު މާކިން ބުނެލިއެވެ.
"އެހެންތަ..!! އަހަރެން އެބަދަން އެއްބައި މަސައްކަތް ކޮއްދޭން ހިނިއަންނަ ވަރުން އަނގަ މަތީ އަތްއަޅައިން ހުރެ ތަމަން ބުނެލިއެވެ .
މިއަދު ހާދަ އުފާވެފަހެން ހީވޭ"ކިހިނެއްތަ ވީ" ތާރާއާއި ތަމަންގެ އަޑު ވައްތަރުކަމުން މާކިންއަށް އެއީ ތާރާ ނޫންކަމެއް ނޭގި ބުނެލިއެވެ.
"ލޯބީގެ އަޑުޖެހުނީމަ ހަމަ ހެޕީވީއޭ"" ތަމަން އެހެންބުނެ އެއަށްވުރެ ބާރައް ހޭންފެށިއެވެ. ދޮންތާ ލޯބި މިސްވާވަރުން މަސައްކަތް ނުކުރެވިގެންނޯ މިއޮއް އުޅެނީ ތަމަން އެހެން ބުނެ ތާރާ އަތަށް ފޯނު ދިންއިރުވެސް ހެވެނީއެވެ. ތާރާ ތަމަން އަތުން ފޯނު ޖަހައިގަނެ ތަމަން އަށް ލޯ އަޅާލަމުން އެއްފަރާތަކަށް ޖެހިލިއެވެ.
"ހާދަ ވައްތަރޭ އަޑު އަސްލުވެސް ތާރު ނޫންކަމެއް ހަމަ ނޭގުން " މާކިން އެހެން ބުނެ ބޯކަހާލިއެވެ.
ހެހެހެ.. އަސްލު ސިފަވެސް ވަރަށް ވައްތަރުވާނެ ކުރިން މީހުންނައް އަހަރުމެން ދެމީހުން ވަކިކުރަން ނޭގޭނެ މިހާރު ތަމީ އަބަދު މޫދަށްދާތީ ހަންގަނޑު އެއްކޮށް އަނދާފަ ހުންނާތީ ވައްތަރު ނޫނީ" މިހާރު އަހަރެން އެތައް ފަހަރަކު ބުނެފިން މޫދައް ނުދާށޭވެސް"ތާރާ މާކިންގެ ވާހަކައިގައި ބައިވެލާފައި ބުނެލިއެވެ.
ތާރާ މާ ބޭބީކޮށް ތަމީ ގެންގުޅޭތީ އޭނައަށް ހީވަނީއޭ އަދިވެސް އޭނަ ކުޑަހެން" މާކިން އެހެން ބުނެ މަޑުކޮށްލީ އެކޮޅުން ޖަވާބެއް ނައުމުންނެވެ.
" އަހަރެން ބިރުގަނޭ ބައްޕަ އާއި ކޮއްކޮ އަހަރެންނާ ވަކިވެދާނެތީ. އެމީހުންނަށް ކަމެއްވެއްޖާ އަހަރެން މަރުވެސް ވެދާނެ" ތާރާ އެހެން ބުނެލީ ހިތްދަތިވެފަ ހުރެއެވެ.
ދެން އެވާހަކަ ނުދައްކާ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސްރަގަޅުވާނެ. މާކިން އިތުރައް އެއްޗެއް ނުބުނީ ތާރާ ހިތްހަމަ ނުޖެހިދާނެތީއެވެ. އެމީހުންނައް ކަމެއް ވެދާނެތީ ތާރާ ރެއާ ދުވާލު އެގޮތަށް އުޅޭއިރު ތާރާއަށް ކަމެއްވެއްޖާ މާކިންއަށް ވާނެ ވަރު ތާރާއަށް އިހުސާސް ނުކުރެވެނީއެވެ.
މާކިންގެ ހިތުގައި ތާރާއަށް ޓަކައިވަނީ އެހާވެސް ވަރުގަދަ ލޯއްބެކެވެ.
*********************
އައްސަލާމް އަލައިކުމް!...
ބޭރުން މީހަކު ސަލާމް ގޮވާލުމުން ތަމަން ބައްޕައަށް ވާހަކަ ކިޔައިދޭން އިދެފައި ސަލާންބަލައިގަންނަމުން ދޮރާދިމާލައް ބަލާލިއެވެ.
ދޮރުމަތީ ހުއްޓިލައިގެން ހުރި މެދުއުމުރުގެ މީހާ ފެނުމުން ތަމަންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
ބޭބޭ!! ދޮރުމަތީ ހުރި ނާޒިމް ފެނުމުން ތަމަން އަށް ވީ އުފަލުން ނާޒިމް ގޮވާލެވުނެވެ .
"ބައްޕާ މިއޮއްދުރުވީ ބޭބެ" ލޯމަރާލައިގެން އޮތް ނިޔާޒްއަށް ގޮވާލާފައި ތަމަން ބުނެލިއެވެ.
ނާޒިމް"'ކުޑަކޮށް ލޯހުޅުވާލި ނިޔާޒްއަށް ނާޒިމް ފެނުމުން އަޑަށް ބާރުލަމުން ގޮވާލެވުނެވެ.
ކޮންއިރަކު އައީ ހާދަ އުފާވެއްޖޭ "'
ނިޔާޒް ލޮލުން އެވަގުތު އުފާވެރި ކަމުގެ ކަރުނަ ފެންނަން ހުއްޓެވެ.
ނާޒިމް އަކީ ނިޔާޒް އެންމެ ކުޑަދުވަހު މާލެ ދަތުރު ކުރި އިރުގެ ގާތް ރަހުމަތް ތެރިއެކެވެ. މާލޭގެ މުއްސަންޖަކާ އިދެގެން ނާޒިމް އެމެރިކާއަށް ދިރިއުޅުން ބަދަލް ކުރިކަމުގައިވިޔަސް އެދެމެދުގައި އޮތް ރަހުމަތް ތެރިކަމަކަށް ބަދަލެއް ނާދެއެވެ.
ނިޔާޒް ސީމާގެ ރަށް މާފުށީގައި އުޅުން އިރު ލިބޭ ޗުއްޓީތަކުގައި ނާޒިމް މާލެއަންނަ ފަހަރެއްގައި މާފުއްޓައްދެއެވެ. އެހެންކަމުން ތާރާއާއި އާއި ތަމަންވެސް ނިޔާޒްދެކެ ވަރަށް ލޯބިވެއެވެ.
"އާޝާ ކޮއްކޮ ކިހިނެއްވެފަ ތިހިރީ ހާދަ ކަޅުވެއްޖޭ" ތަމަން އެންމެ ކުޑަދުވަހުން ފެށިގެންވެސް ނާޒިމް ތަމަން އަށް ކިޔާގޮތައް ބުނެލިއެވެ. ކުޑައިރު ތަމަން އަށް ނާޒިމް އައިޝާ ކީ އިރު ތަމަން އަމިއްލައަށް އާޝާ ކިޔަން ފެށުމުން އެދުވަހުން ފެށިގެން މިއަދާ ހިސާބައްވެސް ނާޒިމް އާއި އޭނަގެ އަންހެނުން ތަމަން އަށް ކިޔަނީ އާޝާއެވެ.
"މާގިނައިން މޫދަށް ދެވެނީ ދޯ ދަރިފުޅާ" ނާޒިމް ބުނިއެއްޗަށް ނިޔާޒް ޖަވާބުދެމުން ތަމަންއަށް ބަލާލާފައި ހީލިއެވެ.
މިހާރު މާބޮޑަށް ކަޅުވީމަ ދޮންތަ މަލާމާތް ކުރާތީ މޫދަކަށް ނުދަން" ދެން ވަރަށް އަވަހައް ދޮންވެދާނެ.. ހެހެހެހެ" ތަމަން އެހެން ބުނެ ހޭންފެށުމުން ނާޒިމްއާއި ނިޔާޒްވެސް ހޭންފެށިއެވެ.
ނުނިމޭ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް