މާލީ ބަޔާން ހުށަނޭޅުނު ސަބަބު އޮޑިޓާ ޖެނެރަލުގެ ސަމާލު ކަމަށް ގެނައިން: ޕީޖީ

މާލީ ބަޔާން ހުށަނޭޅުނީ ބައެއް މައުލޫމާތު ނުލިބިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. ނޮވެމްބަރު 17، 2018 އިން ފެށިގެން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދަ...

11 Aug 2020 | 08:34

މާލީ ބަޔާން ހުށަނޭޅުނީ ބައެއް މައުލޫމާތު ނުލިބިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނޮވެމްބަރު 17، 2018 އިން ފެށިގެން އޮޑިޓާ ޖެނެރަލްއަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ތެރެއިން މާލީ ބަޔާން ހުށަހެޅި ފަރާތްތަކާއި ނާޅާ ފަރާތްތަކުގެ މައުލޫމާތު އޮޑިޓާ ޖެނަރަލްގެ އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އެ މައުލޫމާތުތަކަށް ބަލާއިރު މާލީ ބަޔާން ހުށަނާޅަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ޝަމީމް އެވެ.

އެކަން ހާމަވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަމީމް ވިދާޅުވީ މާލީ ބަޔާން ހުށަނޭޅުނު ސަބަބު އޮޑިޓާ ޖެނެރަލަށް އަންގާފައިވާނެ ކަމަށެވެ. އެކަމަކު ވަރަށް އަވަހަށް މާލީ ބަޔާން އާންމު ކުރާނެ ކަމަށް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ކަނޑައެޅިފައިވާ ދުވަހަށް މާލީ ބަޔާން ހުށަނޭޅުނީ ބައެއް މައުލޫމާތުތައް ނުލިބިގެން ކަމަށެވެ. ޝަމީމް ވިދާޅުވީ މާލީ ބަޔާން ހުށަހެޅިފައި ނުވާ ވާހަކަ އާއި އެ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް ކުރާ ކަމަށާއި އަދި މައުލޫމާތުތައް ލިބުނުހާ އަވަހަކަށް ބަޔާން ހުށަހަޅާނެކަން އޮޑިޓާ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

https://twitter.com/HuShameem/status/1293073084417630209

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރި މައުލޫމާތުތަކުގައި ވާގުން ޕީޖީ ޝަމީމް މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ. އޭނާ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު އަށްވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވުމުގެ ކުރިން އަދި ކޮންމެ އަަހަރަކު އެއް ފަހަރު މާލީ ބަޔާން ހުށަހަޅަން ގާނޫނު ޒާލިމު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް