ރައީސް ޔާމީން ތިނަދޫން ބޮޑުތަނުން ބަލިކުރާނަން: އެމްޕީ އަބުޅޯ

ރައީސް ޔާމީން ބޮޑުތަކުން ބަލިކުރާނެ ކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެ އެވެ. އެމްޕީ އަބުޅޯ މިހެން ވިދާޅުވެފައިވަނީ އިއްޔެ ތިނަދޫގައި ބޭއްވި "ޖަޒީރާ ...

11 Aug 2018 | 08:58

ރައީސް ޔާމީން ބޮޑުތަކުން ބަލިކުރާނެ ކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެ އެވެ.

އެމްޕީ އަބުޅޯ މިހެން ވިދާޅުވެފައިވަނީ އިއްޔެ ތިނަދޫގައި ބޭއްވި "ޖަޒީރާ ފިނިބުރު" ގެ ފޮޓޯތަކާއެކު ކުރައްވާފައިވާ ޓްވީޓެއްގައި އެވެ.

https://twitter.com/AblhoMP/status/1028195448400502784

އެ ޓްވީޓްގައި އަބުޅޯ ވިދާޅުވެފައިވަނީ ތިނަދޫގެ ލޮބުވެތި ރައްޔިތުންގެ ފިކުރަކީ އަނިޔާވެރިކަމާއި ދެކޮޅު ފިކުރު ކަމަށެވެ.

އިދިކޮޅު ކޯލީޝަނުން ތިނަދޫގެ ބޮޑެތި މަގުތަކުގައި "ޖަޒީރާ ފިނިބުރު" ގެ ނަމުގައި ސައިކަލު ބުރެއް އިއްޔެ ބާއްވާފައި ވެ އެވެ.

ތިނަދޫގައި މި ހަރަކާތް އިންތިޒާމުކުރި ފަރާތުން ދުވަހަށް މައުލޫމާތު ދެމުން ބުނީ ވަޒީފާގެ ބިރަށް އެތައް ބަޔަކު މި ސައިކަލު ބުރުގައި ބައިވެރިނުވި ނަމަވެސް ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން މި ސައިކަލު ބުރުގައި ބައިވެރިވި ކަމަށާއި އަދި ވަޒީފާގެ ބިރު ފިލާދާނެ ދުވަސް ގާތްވެފައިވާއިރު ކުރިއަށް އޮތް މި ފަދަ ހަރަކާތްތުން ފެންނަ މީހުން އަަދަދު އިންތިހާއަށް އިތުރުވާނެ ކަމުގައިވެސް ދުވަހަށް މައުލޫމާތު ދިން ފަރާތުން ބުނެ އެވެ.

އެ ސައިކަލު ބުރުގައި ތިނަދޫގެ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވެފައިވާއިރު ސަރުކާރާއި ދެކޮޅަށް އެ ސައިކަލު ބުރުގައި އަޑު އުފުލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް