ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިއ އެއްވެސް ކޮޅަކަށް ތާއީދު ނުކުރައްވާކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ ދުވަހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އަދި ފަހުން އެ ނިންމުން ބަދަލުކުރައްވާފައިވާ އުމަރު ނަސީރު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވިކަން އިއުލާނުކުރަމުން ބުނެފައިވަނީ މިއީ ފެންނަ ނުފެންނަ ވޯޓެއް ކަމުގައި ގަބޫލުފުޅު ކުރައްވާކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު، ސޮއި ހަމަކޮށް އެކަންވެސް އިއުލާނު ކުރެއްވި އެވެ. ނަމަވެސް ފަހު ވަގުތު ނިންމެވީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަށެވެ.
އުމަރު މި ނިންމުން ނިންމަވާފައިވާއިރު އިދިކޮޅާއި ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް އުމަރު އެކަން ދޮގު ކުރެއްވި އެވެ. އަދި ރައީސް ޔާމީނަށް ތާއީދުކުރައްވަފާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް ކޮޅަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް