ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމުން އެ ސިޓީން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
އެގޮތުން އެމަނިކުފާނު ރޭގައި ފުވައްމުލަކަށް ވަޑައިގަތް އިރު އެއާޕޯޓު ސަރަހައްދުގައި 1300 އަށްވުރެ ގިނަ މީހުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފުވައްމުލަކު އެއާޕޯޓް ސަރަހައްދަށް ޖަމާވި އެވެ.
ފުވައްމުލަކުގައި ޑރ. ޝަހީމް، ކެމްޕޭން އޮފީހެއް ހުޅުވައިދެއްވާ އެ ރަސްމިއްޔާތުގައި، އިތުރު ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބު ކޮށްދެއްވައިފިނަމަ، ފުވައްމުލައް ސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްކޮށްދެއްވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
އެފަދަ ތަނެއް ގާއިމްކުރަން ރައީސް ނިންމެވީ ފުވައްމުލަކަކީ ހާފިޒުންނާއި އިމާމުންނާއި އިސްލާމީ ލިޔުންތެރިންގެ ރަށަށް ވެފައި، ކުރިއަށް އޮތް ޖީލުތަކަށް އެ އިލްމު ފޯރުކޮށްދޭން ބޭނުންވާތީ ކަމުގައި ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް ފުވައްމުލަކަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ހަތަރު ދުވަހު މަޑުކުރައްވާނެ ކަމުގައި ޑރ. ޝަހީމްގެ ކެމްޕޭން ޓީމުން މައުލޫމާތު ދެ އެވެ.
ކެމްޕޭނު ދަތުރުފުޅު ތަކުގައި ޑރ. ޝަހީމް މިހާތަނަށް ރާއްޖޭގެ ނުވަ ރަށަކަށް ދަތުރުފުޅު ކުރައްވާފައި ވެ އެވެ. އަދި ކެމްޕޭނު ދަތުރުފުޅެއްގައި މެލޭޝިޔާއަށްވެސް ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް