މައުމޫނުވެސް ވިދާޅުވަނީ މިހާލަތުގައި ދުރުގައި ނަމާދު ކުރުން ރަނގަޅުވާނެ ކަމަށް!

މި ދުވަސްވަރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އެންމެ ރަނގަޅީ ދުރު ދުރުގައި ތިބެގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ...

11 Jul 2020 | 08:52

މި ދުވަސްވަރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން އެންމެ ރަނގަޅީ ދުރު ދުރުގައި ތިބެގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށް ފަހު ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރާނީ ކައިރި ކައިރީގައި ތިބެގެން ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވެ އެވެ. ޖަމާއަތުގައި ނަމާދު ކުރަން ފެށިފަހުން އިއްޔެގެ ހުކުރު ނަމާދަށް ފަހު ގިނަ ބަޔަކު ދަނީ ގައިދުރުކަން ނެތި ނަމާދު ކުރަން ޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން ވާހަކަދައްކާފައި އެވެ.

މިކަމާއި ގުުޅޭގޮތުން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުން އެންމެ ރަނގަޅީ ކައިރިކައިރީގައި ތިބެގެން ކަމަށެވެ. އެކަމަކު އެކަށީގެންވާ ސަބަބަކަށްޓަކައި ދުރުދުރުގައި ތިއްބަސް ނަމާދު ސައްހަ ވާނެ ކަމަށެވެ.

މައުމޫން ވިދާޅުވީ މިހާރު ދިމާވެގެން އުޅެނީ އެފަދަ ސަބަބެއް ކަމަށާއި އެހެންވެ އިސްލާމީ ގައުމުތަކުގައިވެސް ނަމާދުގައި ސަފު ހަދަނީ ގައިދުރު ކަމުގައި ކަމަށެވެ.

https://twitter.com/maumoonagayoom/status/1281842973185986560

މިކަމާއި ގުޅޭގޮތުން ދީނީ އިލްމުވެރިންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތެވެ. އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ15 މިނެޓަށްވުރެ ކުރުކޮށް ނަމާދު ކުރުމަށް ކައިރި ކައިރީގައި ސަފު ހެދުމަކީ މައްސަލައެއް ނޫން ކަމަށް އެޗްޕީއޭއިން ލަފާ ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް