ލާޔާ އެސޯސިއޭޝަންގެ ފަރާތުން އިސްނަގައިގެން ރަށުކައުންސިލާއި އަދި ގައްދޫގެ ޖަމްއިއްޔާ އަދި ރައްޔިތުންގެ ބައިވެރިވުމާއި އެކު ގައްދޫގައި ކުރިއަށް ގެންދާ "ލާޔާ ރަޓުއީދާ 1440 " ވެގެންދާނީ މިހާތަނަށް ގައްދޫގައި ބާއްވާނެ އެންމެ ފޯރިގަދަ އީދަށްކަމަށް ލާޔާއެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
"ލާޔާ ރަޓުއީދާ 1440 " ކުލަގަދަކޮށް ބޭއްވުމަށް ހަބޭސްބޮޑުގުރޫޕާއި އެކު ލާޔާއެސޯސިއޭޝަނުން ސޮއިކުރި އެއްބަސްވުމުގައި ގައްދޫދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޒާހިރު ، ،އަދި އީދުޝޯގެ މެއިންގެ ސޮޕޮންސަރ "ކޯޖެންޓްހޮޓެލް " ގެ ސީ.އީ .އޯ މުހައްމަދު ނިޔާޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. އޮގަސްޓް 11 އިން ފެށިގެން އޮގަސްޓް 15 އަށް ކުރިއަށްގެންދާ އީދު އުފަލުގައި ކުޑަކުދިން ،އަދި ދެ ޖިންސަށް ޚާއްސަކުރެވިގެން ތަފާތުކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާއިރު އީދުދުވަހުގެ އެންމެ ޚާއްސަ އީދުނަމާދު ކުރުމަށްފަހު އުލްހިއްޔާ ކަތިލުން އަދި ދުވަހުގެ ޚާއްސަ "ވަން ފެމިލީ " ސައި ،ކުޑަކުދިންގެ ހަވީރު އަދި މަސްރޭސްފަދަ ތަފާތު ހަރަކާތްތައް އޮންނާނެ ކަމަށް ލާޔާ އެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެއްވިއެވެ.
"ލާޔާ ރަޓުއީދާ 1440" ކުރިއަށްގެންދިއުމުގައި މެމްބަރު ދެއްވާ އިރުޝާދާއި ، ލާޔާ އެސޯސިއޭޝަންގެ މޮޓޯ "ވަންފެމިލީ" އެއްގެ ގޮތުގައި ގައްދޫ ކޮމިއުނިޓީ ހެދުމަށް ވެ ދެއްވާ އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ލާޔާއެސޯސިއޭޝަންގެ ފަރާތުންވަނީ މެމްބަރު އަހުމަދު ޒާހިރުއަށް ހަދާނީފިލައެއް އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް