ރޭގެ ދަންވަރު ވަގުތެއްގައި މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ވައިގޮޅީތެރެއަށް ވެއްޓުނު އުމުރުން ދުވަސްވީ އަންހެން މީހާ މަރުވެއްޖެއެވެ. އުމުރުން 76 އަހަރުގެ އެމީހާއަށް ގިނަ އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މަރުވެފައިވަނީ ލ. ކަލައިދޫ ހަވީރީގޭ ނަސީމާ ދާއޫދެވެ. އޭނާ މަރުވީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ފުލުހުން މިއަދު ބުނެފައިވާގޮތުގައި މި ހާދިސާގައި ނަސީމާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސްފައިވެއެވެ. ކަނާތު ފައިގެ ފަލަމަސްގަނޑާ ހަމައިން ބިނދިފައިވެއެވެ. އަދި ވައަތުފައިގެ ކުޑަހުޅާއި ހަމައިން ބިނދިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މަރުގެ މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަސީމާގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް