އާޖެންޓީނާގައި ހުންނަ މެސީގެ ރެސްޓޯރެންޓުން ގެދޮރުނެތް ފަގީރުންނަށް ހިލޭ ކާންދެނީ

މެސީގެ އުފަން ސިޓީ ކަމުގައިވާ އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ މެސީގެ ރެސްޓޯރެންޓުން ގެދޮރުނެތް ފަގީރުންނަށް ކާންދެމުން އެބަ ގެންދެއެވެ. ވީއައިޕީގެ ނަމުން ނަންދެވިފައިވާ މި ރެސްޓޯރެންޓުން މިދިޔަ ހަފްތ...

11 Jul 2019 | 06:09

މެސީގެ އުފަން ސިޓީ ކަމުގައިވާ އާޖެންޓީނާގެ ރޮސާރިއޯގައި ހުންނަ މެސީގެ ރެސްޓޯރެންޓުން ގެދޮރުނެތް ފަގީރުންނަށް ކާންދެމުން އެބަ ގެންދެއެވެ.

ވީއައިޕީގެ ނަމުން ނަންދެވިފައިވާ މި ރެސްޓޯރެންޓުން މިދިޔަ ހަފްތާއިން ފެށިގެން ފަގީރުންނަށް ރޭގަނޑުގެ ނާސްތާ ހިލޭ ދޭން ފަށައިފައިވަނީ އެގައުމުގާއި ފިނި ބޮޑުވެފައި ވުމުނެނެވެ. މި ރެސްޓޯރެންޓުގެ މެނޭޖަރު އޭރިއަލް އަލްމަޑާ ބުނެފައިވާ ގޮތުގައި ކެއުމުގެ އިތުރުން ކޮފީއާއި ލުއި ބުއިންތަށްވެސް ދެމުން ގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 15 ދުވަހަށް ކޮންމެ ރެއެއްގެ 7:00 އިން ފެށިގެން ގޮސް 9:00 އާއި ދެމެދު މި ހަރަކާތް ކުރިއަށް ގެންދާނެކަމަށެވެ. ކެއުމުގެ އިތުރުން ވީއައިޕީން ދަނީ ހިލޭ ކޯޓުވެސް ބަހަމުންނެވެ.

މެސީއަކީ އިޖުތިމާއީ ދާއިރާއިން ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ކުޅުންތެރިއެކެވެ. މެސީގެ "ދަ ލަޔޮނެލް މެސީ ފައުންޑޭޝަން" އިން ދަނީ ބޭސްފަރުވާގެ ހޯދުންތައް ހޯދުމަށާއި ކުޑަކުދިން ބަލަހައްޓާ ސެންޓަރުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއަހަރުގެ ކުރީ ކޮޅުގައި މެސީގެ ފައުންޑޭޝަނުން ވަނީ ކެންޔާގައި ފެންވަޅުތައް ގާއިމްކޮށް ކާތަކެތި ފޯރުކޮށްދިނުމުގައި ޔުނިސެފަށް އެހީވުމުގެ ގޮތުން 225،000 ޑޮލަރު ހަދިޔާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް