ގަލޮޅު ގެއަކުން ކުރި ވައްކަން ރިޕޯޓް ކުރިއިރު ވަގު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި

މާލޭގައި ވަގަތު ގެއަކުން ވައްކަން ކޮށްގެން އެވަރުން ނުފުދިގެން ތަނެއް ފަޅާލައިގެން ވައްކަން ކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ. އުމުރުން 24 އަހަރުގެ އެ ވަގު އަތުލައިގެންފައިވަނީ އިއްޔެ އިރުއޮއްސި 6:...

11 Jul 2019 | 04:40

މާލޭގައި ވަގަތު ގެއަކުން ވައްކަން ކޮށްގެން އެވަރުން ނުފުދިގެން ތަނެއް ފަޅާލައިގެން ވައްކަން ކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

އުމުރުން 24 އަހަރުގެ އެ ވަގު އަތުލައިގެންފައިވަނީ އިއްޔެ އިރުއޮއްސި 6:41 ހާއިރު ޝަހީދު ކުޑަނެވިތުއްތު ހިނގުމުގައި ހުންނަ ފަހާތަނެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ.

"އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އަތުގައި އޮތް ދަބަހަކުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނިފައިވޭ، ފަހުން ފުލުހުންނަށް މައުލޫމާތު ލިބުނު ގޮތުގައި އެތަކެއްޗަކީ ގަލޮޅު ގެއަކުން ވަގަށް ނަގާފައިވާ ތަކެތި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ގެއިން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް