ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅިން އުމުރުން ދުވަސްވީ އަންހެނަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:33 ހާއިރުގައެވެ. ވެއްޓިފައިވަނީ އުމުރުން 76 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަމުގެ މައުލޫމާތު ލިބުމުން ފުލުހުން އެ ގެއަށް ގޮސް ވެއްޓުނު އަންހެން މީހާ ވައި ގޮޅިން ނަގައިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
"މި ހާދިސާގައި އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސްފައިވޭ، އަދި ކަނާތު ފައިގެ ފަލަމަސްގަނޑާއި ހަމައިން ބިނދިފައިވޭ، އޭގެ އިތުރުން ވައަތު ފައިގެ ކުޑަހުޅުން ބިނދިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް