އައްޑޫގައި އެކްސިޑެންޓެއް ހިނގައި އަންހެނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 24 އަހަރުގެ މީހަކަށެވެ. އެ...

11 Jul 2018 | 16:29

އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 24 އަހަރުގެ މީހަކަށެވެ. އެކްސިޑެންޓު ހިނގީ ހިތަދޫ ހަވީރީހިނގުމުން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށް ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

ސީރިއަސް ހާލަތުގައި އޮތީ ސައިކަލު ދުއްވަން އިން އަންހެން މީހާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ނޭވާލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި އެވެ.

ކާރު ދުއްވަން އިނީ ފިރިހެނެކެވެ. އެކާރުގައި އިތުރު އަންހެނަކު އިން އިރު އޭނާއަށްވެސް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުން ފަރުވާ ދިން ކަމަށްވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް