ފޯނު ބިލަށް ދައުލަތުން ހަރަދު ކުރި ފައިސާ ދައްކަން އަސްލަމަށް ހުކުމް ކޮށްފި

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމުގެ ފޯނު ބިލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ. އެ ހުކުމް އޭނާގެ މައްޗަށް ކޮށްފ...

11 Jul 2018 | 09:33

އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމުގެ ފޯނު ބިލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް އޭނާގެ މައްޗަށް ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ހުކުމުގައި ބުނެފައިވަނީ ފޯނު ބިލަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ 312،000 ރުފިޔާ ހުކުމް ކުރި ދުވަހުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް އަނބުރާ ދައްކާ ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ އެ ފައިސާ އަކީ އަސްލަމް އަނބުރާ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަސްލަމްގެ ފޯނު ބިލަށް ދައުލަތުން ހަރަދު ކުރިކަން ހާމަވެފައި ވަނީ 2010 ވަނަ އަހަރުގެ ހައުސިން މިނިސްޓްރީގެ އޯޑިޓް ރިޕޯޓުންނެވެ.

އަސްލަމްގެ އިތުރުން އެމްޑީޕީ ސަރުކާރުގެ އިސްވެރިން ދައުލަތުގެ ބަޖެޓުން ކުރައްވާފައިވާ ހަރަދުތަކުގެ ފައިސާ އަނބުރާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ ދައުލަތުން އެ ފައިސާ ހޯދުމަށް ދައުވާ ކުރާނެ ކަމަށް އެ ފަރާތްތަކަށް ވަނީ އަންގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް