އެއާ އިންޑިއާއިން މާލެ އާއި ބެންގަލޫރާއި ދެމެދު ކުރާ ދަތުރުތައް ހުއްޓާލައި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކޮށްފި އެވެ.
އެ އެއާލައިނުން ބުނީ މާލެ އިން ބެންގަލޫރަށް ކުރާ ދަތުރު ތަކަކީ އާންމު ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ހުއްޓާލާ ދަތުރުތަކެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް ދަތުރު ކުރީ ޖޫން މަހުގެ ނިޔަލަށް ކަމަށާއި މިއަހަރު އެއްމަސް އިތުރަށް ދަތުރު ކުރީ ކަމަށެވެ.
މާލެއިން އިންޑިއާގެ އެ ދެ ސިޓީއަށް ކުރާ ދަތުރުތަކަށް ބަދަލުގެންނަން ނިންމީ އިންޑިއާ އިން ހައްޖަށް މީހުން އުފުލަން އިތުރު އެއާކްރާފްޓް ބޭނުންވާތީ އެވެ. އެއާ އިންޑިއާއިން ބުނީ މާލެ އާއި ބެންގަލޫރު އަދި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކަށް ބަދަލު ގެނައުމުގައި އިތުރު މައްސަލައެއް ނެތް ކަމަށެވެ.
މާދަމާއިން ފެށިގެން ބެންގަލޫރު ދަތުރުތައް ހުއްޓާލާއިރު ޓްރިވެންޑްރަމްއަށް ދެން ދަތުރު ކުރާނީ ހުކުރު، ހޯމަ އަދި ބުދަ ދުވަހު އެވެ.
އެ އެއާލައިނުން މީގެ ކުރިން ވެސް ޓޫރިޒަމްގެ އޮފް ސީޒަނާ ދިމާކޮށް ބެންގަލޫރު ދަތުރުތައް މެދުކަނޑާލައި ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް މަދުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް