މ. ކޮޅުފުށީގައި ތަރައްގީ ކުރި ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ.
ބަނދަރު ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީން މުލަކު އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
ކޮޅުފުށީ ބަނދަރަކީ 550 ފޫޓު ދިގު، އަދި 200 ފޫޓު ފުޅާ ބަނދަރެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ދިއްގަރު ބަނދަރާއި ނަރުދަމާ ނިޒާމު ރަސްމީކޮށް ހުުޅުވައިދެއްވާފަ އެވެ. އަދި މުލަކުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވައި، މުލީ ބިން ހިއްކުމުގެ މަޝްރޫއު ނިމުންފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މިއީ ސަރުކާރުން އަތޮޅު ތެރޭގައި ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް ރައީސް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގެންނެވި ތިން ވަނަ އަތޮޅެވެ. މީގެ ކުރިން މާލެ އަތޮޅުގެ ބައެއް ރަށްރަށާއި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް