ޝަހީމާއި ގުޅޭގޮތުން ދެއްކެވި ވާހަކައަށް އިލްމުވެރިންގެ ފާޑު ކިޔުން ނަޝީދަށް!

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ރައްދު ދެއްވައިފި އެވެ. ރައީ...

11 Jul 2018 | 05:37

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިން ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ޝަހީމަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް މީހުން ވައްދާ ބޭފުޅެއް ކަަމަށާއި އަދި ސައުދީ ފަދަ ދީނީ ހަރުކަށި ފިކުރަށް ތާއިދު ކުރާ ގައުމަކުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުމުން އެކަން ޔަގީންވެގެންދާ ކަމަށެވެ.

މިކަމަށް ރައްދުދެއްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ވިދާޅުވީ ޝަހީމް އަކީ އެފަދަ ބޭފުޅެއް ނޫންކަމަށް އޭނާ ހެކިވާ ކަމަށެވެ. ޑރ އިޔާޒު ވަނީ ސިޔާސީ ވާދަވެރިކަމެއް އޮތް ނަމަވެސް ދޮގު ހަދައިގެން މީހުންގެ އަބުރު ކަތި ނުލުމަށް ރައީސް ނަޝީދަށް ގޮވާލައްވާފައި އެވެ.

https://twitter.com/dr_iyaz/status/1016668421373583361?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1016668421373583361&ref_url=https%3A%2F%2Fsun.mv%2F107850

ސަލަފުގެ ރައީސް އަބްދުﷲ ބިން ޖަނާބް ވިދާޅުވީ ކެމްޕެއިން ކުރުމުގައި އެއްވެސް ފަރާތަކުން ދޮގު ވާހަކަތައް ފަތުރައިގެން އިސްލާމީ އަގީދާއާއި އަމިއްލަ ގައުމު ވިއްކައިގެން ނަމަވެސް ބޭނުން ކަމެއް ހާސިލް ކުރަން އުޅުމަކީ އެބައެއްގެ ގޮތް ހުސްވެ ބާތިލްގައި ތިބި ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

https://twitter.com/binjanaab/status/1016654216150974464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1016654216150974464&ref_url=https%3A%2F%2Fsun.mv%2F107850

އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް ޑރ މައުރޫފު ހުސައިން ވިދާޅުވީ ޝަހީމް އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެ އިތުރުން އަދާލަތު ޕާޓީގެ އެއްވެސް އިސް ބޭފުޅަކީ ހައްދު ފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާއީދު ކުރައްވާ ބައެއް ނޫން ކަމަށެވެ. އެކަމަށް އޭނާ ހެކި ވާހަކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް