މިދިޔަ ޑިސެމްބަރު މަހު އިރާނުގައި ބުރުގާ ދަނޑިކޮޅަކަށް ނަގައިގެން މަގުމަތީގައި މުޒާހަރާކުރި އަންހެންމީހާއަށް 20 އަހަރުގެ ޖަލު ހުކުމެއް އިރާނުގެ ކޯޓަކުން އިއްވައިފި އެވެ.
ޝަޕާކް ޝަޖަރިޒާދާއަށް މި ހުކުމް އިއްވާފައިވަނީ ބުރުގާ ނެގުމުގެ މިނިވަންކަން ހޯދުމަށްކަމަށްބުނެ އިރާނުގެ ކާރުބާރު ބޮޑު މަގެއްގައި ބުރުގާ ދަނޑިކޮޅަކަށް ލައިގެން ހުރެ މުޒާހަރާ ކުރުމުންނެވެ.
އެ މުޒާހަރާ ކުރީ އޭނާ އެކަންޏެއް ނޫނެވެ. މީޑީއާ ރިޕޯޓްތައް ބުނާގޮތުގައި ހަމަ އެ ދުވަހު އިތުރު 29 މީހަކު އެގޮތަށް މުޒާހަރާކޮށްފައިވެ އެވެ. ނަމަވެސް މުޒާހަރާ ލީޑުކުރީ އޭނާކަމަށް ބުނެފައި ވެ އެވެ.
އުމުރުން 42 އަހަރުގެ ޝަޖަރިޒާދާ ހައްޔަރުވެސް ކުރި އެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމުން މިހާރު ވަނީ ގައުމު ދޫކޮށް ފިލާފަ އެވެ. އިރާނުގައި އާންމު ތަންތާނގައި ބުރުގާ ނެގުމަކީ ގާނޫނީ ކުށެކެވެ. ކުށުގެ އަދަބެއްގެ ގޮތުގައި 25 ޑޮލަރުން ޖޫރިމަނާ ނުވަތަ ޖަލު ހުކުމްވެސް އިއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް