ނަޝީދުގެ ސަބަބުން ކޯލިޝަންގެ ގުޅުމަށް ގެއްލުމެއް ލިބިދާނެ ކަމަށް ބުނެފައިނުވާނެ: ގާސިމް

ރައީސް ނަޝީދުގެ ސަބަބުން އަޅުގަނޑުމެންގެ ހަތަރުބައި މީހުންގެ މި އޮތް ގުޅުމަށް ގެއްލުމެއް ލިބިދާނެ ކަމަށް ޤާސިމް ނުވަތަ ޖޭޕީން ބުނެފައެއް ނުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް މިހެނ...

11 Jul 2018 | 03:35

ރައީސް ނަޝީދުގެ ސަބަބުން އަޅުގަނޑުމެންގެ ހަތަރުބައި މީހުންގެ މި އޮތް ގުޅުމަށް ގެއްލުމެއް ލިބިދާނެ ކަމަށް ޤާސިމް ނުވަތަ ޖޭޕީން ބުނެފައެއް ނުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި އެވެ. އެ ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ އެއީ ބަޔަކު ހަދައިގެން އުފައްދައިގެން ދައްކާ ބޮޑު ގޮދު ވާހަކައެއް ކަމަށެވެ.

"އެއީ މި އެއްބައިވަންތަކަން ކުރިއަށްދާތީ އެކަން ނެތިކޮށްލުމަށް ހިންގާ ބޮޑު ޖަރީމާއެއް" ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

https://twitter.com/qasimibrahim/status/1016882690581295104

ގާސިމް މިހެން ވިދާޅުވެފައިވާއިރު ނަޝީދުގެ ސަބަބުން މުޅި ކޯލިޝަނަށް ގެއްލުންވެދާނެކަމަށް ގާސިމް ބުނެފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ކުރީގެރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. މި ޓްވީޓްގެ މައްސަލަ ވަރަށް ހޫނުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް