ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއި ކުރައްވައިފި އެވެ.
ރީކޯ ޕީޕީއެމްއަށް ސޮއި ކުރެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީ މީހަކު އެދިގެން ނޫން ކަމަށެވެ.
ސޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމަށް މަޖިލީހުން ފާސްކުރި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވެގެން މޫސަ ޕާޓީން ވަކި ކުރަން އެ ޕާޓިން ނިންމި އެވެ. އެ ދުވަސްވަރު ހިނގި ދެ ބަސްވުންތަކަށް ފަހު މޫސަ އެމްޑީޕީގެ ދަފްތަރުން އުނިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގައި އެވެ.
އޭގެ ފަހުން މޫސު ހުންނެވީ އަމިއްލަ މެންބަރެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް