ނިމިދިޔަ ރަމަޟާން މަހާއި ދިމާކޮށް އޭސް ހާޑްވެއަރ އަދި ކަލަރބޭންކުން ކުރިއަށްގެންދިޔަ "އެންމެ ސަޅި ރޯދަ ސޭލް" ލަކީ ޑްރޯ އަދި ހަމަ ރަމަޟާން މަހު އޭސް ހާޑްވެއަރގެ ފޭސްބުކް ޕޭޖްގައި ކުރިއަށްގެންދިޔަ ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓްގެ ނަސީބުވެރިންނާއި އިނާމު ހަވާލު ކޮށްފި އެވެ.
އިނާމު ހަވާލުކުރުން ކުރިއަށް ގެންގޮސްފައިވަނީ އޭސް ހާޑްވެއަރގަ އެވެ.
އޭޕްރިލް މަހުގެ 20 އިން މިދިޔަ ޖޫން މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ "އެންމެ ސަޅި ރޯދަ ސޭލް" ގައި ބައިވެރިކޮށްފައިވަނީ އޭސް ހާޑްވެއަރ ނުވަތަ ކަލަރބޭންކުން 300 ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރި ފަރާތްތަކެވެ. އެންމެ ސަޅި ރޯދަ ސޭލް ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ތިން ލައްކަ ރުފިޔާގެ ފައިސާގެ އިނާޟު ކަނޑައަޅާފައިވާއިރު ގުރުއަތުން ހޮވި އެ އިނާމު ލިބިފައިވަނީ މުޒްނާ އަދުނާނަށެވެ.
މީގެ އިތުރުން ވޮޔޭޖަސް މޯލްޑިވްސް އާއި އޭސް ހާޑްވެއަރ އަދި ކަލަރބޭންކުން ސޯޝަލް މީޑިއާގައި ކުރިއަށްގެންދިޔަ ލައިކް އެންޑް ކޮމެންޓް ކޮންޓެސްޓްގެ އެއްވަނަ ލިބުނު ޝިއާރާ ޝަމީމަށްވެސް އިނާމު ހަވާލު ކޮށްފައި ވެ އެވެ. މި ކޮންޓެސްޓްގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް ބެންކޮކް ދަތުރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް