ރައީސް އޮފީހުން އަލަށް ފަރުމާކޮށްފައިވާ އެ އޮފީހުގެ ރަސްމީ ވެބްސައިޓުގެ އަސާސީ ބައެއްގެގޮތުގައި ހިމަނާފައިވާ ނިއުސް ޕޯޓަލް، "ސަރުކާރު ޚަބަރު" ގައި ޝާއިޢުކުރާ، ސަރުކާރުން ހިންގަވަމުންގެންދަވާ މަޝްރޫޢުތަކާއި، ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ ޚަބަރުތައް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމެންޓަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ވެބްސައިޓްގައި ބުނެފައިވަނީ "މިހާރަށްވުރެ ފުރިހަމަކޮށް ވަގުތުން ވަގުތަށް ޚަބަރުތައް އަދާހަމަ (އަޕްޑޭޓް) ކުރުމަށްޓަކައި، ސަރުކާރުގެ މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އިދާރާތަކުން ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި، މަސައްކަތްތަކާބެހޭ ޚަބަރުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކުރައްވައި، އެ ތަންތަނުން މި އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ [email protected] އީ-މެއިލަށް، މިއަދުން ފެށިގެން ފޮނުއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި" ކަމަށެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ މިގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ސަރުކާރުގެ ހުރިހާ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ ޚަބަރާއި މަޢުލޫމާތު، އެ އިދާރާއެއްގެ ވެބްސައިޓުގައި މިހާރުވެސް ޝާއިޢުކުރައްވަމުން ގެންދަވާފަދައިން، ޝާއިޢުކުރައްވަމުން ގެންދެވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް