ކުށް މަދު ކުރުމަށް "އަމާންވެށި" ނަމުގައި ފުލުހުން ބޮޑު ބިޔަ ކެމްޕޭނެއް

މޯލްޑިވްސްޕޮލިސް ސަރވިސް ޕަބްލިކް އެފެއާރޒް ޑިޕާރޓްމަންޓްގެ ފަރާތުން ކުށްމަދުކުރުމަށާއި އަމާން އޮމާން ހޭލުންތެރި މުޖުތަމަޢެއް ބިނާ ކުރުމަށް “އަމާންވެށި” މި ނަމުގައި ޚާއްސަ ކެމްޕެއިނަށް ފެށުމަށް ތައްޔާ...

11 Jul 2017 | 08:27

މޯލްޑިވްސްޕޮލިސް ސަރވިސް ޕަބްލިކް އެފެއާރޒް ޑިޕާރޓްމަންޓްގެ ފަރާތުން ކުށްމަދުކުރުމަށާއި އަމާން އޮމާން ހޭލުންތެރި މުޖުތަމަޢެއް ބިނާ ކުރުމަށް “އަމާންވެށި” މި ނަމުގައި ޚާއްސަ ކެމްޕެއިނަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފުލުހުން ބުނީ ފުރާވަރުގެ ކުދިންނަށާއި ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދާ ހުރިހާ ކޭމްޕްތަކާއި ޕްރޮގްރާމްތައް އެއްކުޑައެއްގެ  ނިވަލުގައި “އަމާން ވެށި” ގެ ނަމުގައި  ހިންގާ ގޮތަށް ހަމަޖެހިގެން ދިއުމާއެކު މިކެމްޕެއިންގެ މުއްދަތު މިހާރު ވަނީ 10 ދުވަހަށް ހަމަޖައްސާފައި ކަމަށެވެ.

"އެގޮތުން މި އަހަރުގެ ތެރޭގައި 6 ރަށެއްގައި މިކެމްޕެއިންގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ޕްރޮގްރާމް މިމަހުގެ 13 ވަނަ ދުވަހު ހއ. ކެލާގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ." ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިކެމްޕެއިން ގެ ތެރެއިން ސުކޫލު ކުދިންނަށާ ޒުވާނުންނަށާ ބެލެނިވެރިންނަށް ކިޔަވައިދިނުމުގެ އިތުރުން އުމުރުން ދުވަސްވީ ބޭފުޅުންނަށް މެޑިކަލް ޗެކްއަޕެއް ހެދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިކެމްޕެއިންގެ ދަށުން ސްކޫލް ކުދިންނަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ޕްރައިމަރީ ގްރޭޑް ތަކަށް ޚާއްސަ ކޮށްގެން ފުރަތަމަ ފިޔަވަޅު ގެ ނަމުގައި ހިންގާ ޚާއްސަ ޕްރޮގްރާމަކާއި މިޑްލް ސްކޫލް ދަރިވަރުންނަށް ޚާއްސަ ކޮށްގެން ކުރިމަގު އަދި ސާނަވީ މަރުހަލާއަށް ޚާއްސަ ކޮށްގެން ފުރާވަރު މިނަމުގައި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުންވެސް މިކެމްޕެއިންގެ ތެރެއިން ކުޅިވަރުން ފަހިކަން މިނަމުގައި ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އިތުރުން  ވެސް ޚާއްސަ މެޑިކަލް ޗެކްއަޕްތައްވެސް ކުރިއަށް ގެންދާނޭ ކަމަށާއި މި ކޭމްޕްގައި ކިޔަވައިދެއްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޖްރިބާކާރު ފުލުހުން ކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް