ދެ ރުފިޔާގެ ލުއި ފައިސާ ފޮތިތައް ރާއްޖެ ގެނެސްފި

ރާއްޖޭގައި އަލަށް ދައުރު ކުރުމަށް ހަމަޖެހިފައިވާ ދެ ރުފިޔާގެ، ލުއި ފައިސާ ފޮތިތައް ރާއްޖެ ގެނެސްފި އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ ފައިސާ ފޮތި ޖަހައިގެން ރާއްޖެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއް...

11 Jul 2017 | 07:02

ރާއްޖޭގައި އަލަށް ދައުރު ކުރުމަށް ހަމަޖެހިފައިވާ ދެ ރުފިޔާގެ، ލުއި ފައިސާ ފޮތިތައް ރާއްޖެ ގެނެސްފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ފައިސާ ފޮތި ޖަހައިގެން ރާއްޖެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ ފައިސާ ފޮތިތައް މިހާރު ވަނީ ދައުލަތުގެ ހަޒާނާގައި ރައްކާ ކޮށްފަ އެވެ.

އަލަށް ގެނައި ފައިސާ ފޮތިތައް ދައުލަތުގެ ހަޒާނާގައި ރައްކާ ކޮށްފައިވީނަމަވެސް ގެނެސްފައިވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައެއް ނުވެ އެވެ. އެމްއެމްއޭއިން ހާމަކުރާގޮތައި ދާދި އަވަހަށް އެ ފައިސާ ދައުރުކުރަން ފަށާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް