ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އާދަމް އާރިފާއި ހަވާލުކޮށްފި އެވެ.
ފަނޑިޔާރު އަރީފާއި ކްރިމިނަލް ކޯޓުގެ ހިންގުން ހަވާލު ކުރީ އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުންނެވެ. ބާރީގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފައި އެވެ.
އާދަމް އާރިފަކީ ގިނަ ދުވަސްތަކެއް ވަންދެން ޕްރޮސެކިއުޓަ ޖެނެރަލްގެ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އަދި އާރިފަކީ ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ފަނޑިޔާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް