ސްޓާޕްލަސްއިން އިން ދައްކާ މަޝްހޫރު ޑްރާމާތަކުގެ ތެރޭގައި ހިމެނޭ "ސާތް ނިބާނާ ސާތިއާ" ހުއްޓާލަން އުޅޭކަން އެ ޑްރާމާގެ ޓީމުން ޔަގީން ކޮށްދީފި އެވެ.
އެ ޑްރާމާ ސީރީސްގައި ގޯޕީގެ ދަރިއެއްގެ ރޯލުން ފެނިގެންދާ ތަންޔާ ޝަރްމާ (މީރާ) ވަނީ ސޯޝަލް މީޑިއާގައި ޕްރޮޑަކްޝަން ޓީމާއި ހަވާލާދީ އެކަން ކަށަވަރުކޮށްދީފައި އެވެ. މީރާ ބުނީ އެ ޑްރާމާ ހުއްޓާލަން އުޅޭ ވާހަކައަކީ ތެދެއް ކަމަށާއި ކޮންމެ ކަމަކަށްވެސް ނިމުން އަންނާނެ ކަމަށެވެ. އަދި އޭނާވެސް ކުރިޔަށްދާނެ ގޮތްތަކެއް ހޯދަމުން ދާކަމަށެވެ.
މީރާ ބުނެފައިވަނީ އަބަދުވެސް އެ ޑްރާމާ މަތިން ހަނދާން ހުންނާނެ ކަމަށާއި މުހިންމު ކަންތައްތަކެއް ސާތިޔާ ތެރެއިން ދަސްވި ކަމަށެވެ. އިތުރަށް ބުނެފައިވަނީ އެ ޑްރާމާ ހުއްޓާލާތި ދެރަވިޔަސް އެއް މަސައްކަތް ނިމޭއިރު އަނެއް މަސައްކަތެއް ލިބޭނެ ކަމަށެވެ.
ސާތިޔާ އަކީ އެކި ގޮތްގޮތަށް ދުވަސް ދުވަސް ކޮޅުން ވާހަކަ ބަދަލުކޮށްގެން ކުރިޔަށް ގެންދާ ޑްރާމާ ސީރީޒް އެކެވެ. ރިޕޯޓުތައް ބުނާގޮތުގައި މިފަހަކުން އެޑްރާމާއިން ފެނިގެންދާ ކަންކަމާއި މެދު ސަޕޯޓަރުން އެހާ ހިތްހަމައެއް ނުޖެހެ އެވެ. އެހެންވެ ޓީމުން ސީރީޒް ހުއްޓާލަން ނިންމީ އެވެ.
އެކަމަކު އެއީ މިފަހަކާ ޖެހެންދެން އާންމުންގެ މެދުގައި ތަރުހީބު ބޮޑު ޑްރާމާ ސީރީޒް އެކެވެ. ހާއްސަކޮށް ލީޑްރޯލުން ފެނިގެންދާ ދެވޮލީނާ ބައްޓަޗަރްޖީ (ގޯޕީ) އާއި މުހައްމަދު ނާޒިމް (އެހެމް) އަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ދެ ތަރިންނެވެ.
މީގެ ހަތް އަހަރު ކުރިން 2010 ވަނަ އަހަރު ދައްކަން ފެށި މި ޑްރާމާ ސީރީޒްގެ ފޭނުންނަށް މިހަބަރު ވެގެންދާނީ ހިތާމަވެރި ހަބަރަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް