ޖޭއެސްސީގެ ރައީސް ކަމަށް ފަނޑިޔާރު އަރީފު އައްޔަން ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އައްޔަން ކުރައްވައިފި އެވެ. އެ ކޮމިޝަނުން ބުނީ ފަނޑިޔާރު އަރީފު ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ މިރޭ ބޭއްވި...

10 Jul 2017 | 19:59

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޝަނުން ބުނީ ފަނޑިޔާރު އަރީފު ކޮމިޝަނުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޝަން މެންބަރުންގެ އިއްތިފާގުންނެވެ،

ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ ފަނޑިޔާރު އަލީ ހަމީދު މިއަދު ވަނީ އެ މަގާމުން ވަކިކުރައްވާފައި އެވެ. އެއީ އަލީ ހަމީދުގެ ދައުރު ޖޭއެސްސީގައި ހަމަވުމުންނެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުން ޖޭއެސްސީގެ މެންބަރު ކަމުގައި ތިއްބަވާނީ ދެ އަހަރު ކަމަށެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް އަރީފު އައްޔަން ކުރައްވާ މިއަދު ރައީސް އަބްދުﷲ ޔާމީން ވަނީ ފަނޑިޔާރު އަރީފަށް ފަތްކޮޅު އަރުއްވާފައި އެވެ.

އަލީ ހަމީދުގެ ބަދަލުގައި ޖޭއެސްސީއަށް އަރީފު އައްޔަން ކުރެއްވި އިރު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަލީ ހަމީދު އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އަލީ ހަމީދު އޮފީހުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން އެމަޖެންސީކޮށް ހޮސްޕިޓަލަށް ގެންގޮސް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް