ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުޕް ޖުވެނައިލް ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ މިގޮތަށް ނިންމީ މިރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. ގާޒީ ބާރީގެ އިތުރުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ފެމެލީ ކޯޓަށް ބަދަލު ކުރުމަށްވެސް އެ ކޮމިޝަނުން މިރޭ ނިންމި އެވެ.
ޖޭއެސްސީން ބުނީ މި ދެ ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލު ކުރަން ނިންމީ ސުޕްރީމް ކޯޓުން އެގޮތަށް ހަމަޖައްސައި ދިނުމަށް އެ ކޮމިޝަނުގައި އެދުމުން ކަމަށެވެ. އަދި މިގޮތަށް ނިންމީ ކޮމިޝަން މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
އިސް ގާޒީ ބާރީ އާއި ގާޒީ ޝަކީލް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް