ކުރިއެކޭ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ދޭން ފަށައިފި

އިތުރު ގަޑިގެ ފައިސާ ދޭގޮތަށް ގެނައި ބަދަލާއި އެކު އާންމު ކުރި އުސޫލު ބާތިލް ކޮށް ކުރިއެކޭ އެއްގޮތަށް އިތުރުގަޑިގެ ފައިސާ ދޭން ނިންމައިފި އެވެ. އާ އުސޫލެއް އެކުލަވާލީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހ...

11 Jun 2020 | 08:23

އިތުރު ގަޑިގެ ފައިސާ ދޭގޮތަށް ގެނައި ބަދަލާއި އެކު އާންމު ކުރި އުސޫލު ބާތިލް ކޮށް ކުރިއެކޭ އެއްގޮތަށް އިތުރުގަޑިގެ ފައިސާ ދޭން ނިންމައިފި އެވެ.

އާ އުސޫލެއް އެކުލަވާލީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހަމަހަމަ އުސޫލެއް ހަމަޖެއްސުމަށް ކަމަށް ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ތަފާތު ގޮތްގޮތަށް އަމަލުކުރަމުން ދާތީ އެކަމަށް އޮފީސްތަކުން ކުރާ ހަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާ ކަމަށެވެ.

މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެ ސާކިއުލާގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް ކުރިމަތިވެފައިނުވާ ފަދަ ބޮޑު ލޮޅުމެއް ދައުލަތުގެ މާލިއްޔަތަށް ކުރިމަތިވުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އެހެންވެ އިތުރު ގަޑީގެ ފައިސާ ދިނުމުގައި އިންސާފުވެރި އަދި ހަމަހަމަ އުސޫލަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭގައި ބުނެފައިވަނީ މިދިޔަ މެއި  މަހުގެ 16 ވަނަ ދުވަހު ނެރުނު ސާކިއުލާގައި ދައުލަތުގެ މުވައްޒަފުންގެ އިތުރު ގަޑިއާ ބެހޭގޮތުން އެ ސާކިއުލާގެ ހަ ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލަށް އަމަލުކުރުން ބާތިލްކޮށްފައިވާ ކަމަށެވެ.

އިތުރުގަޑީގެ ފައިސާ ދޭ އުސޫލަށް ގެނައި ބަދަލާއި އެކު މިދިޔަ ދެ މަހު އިތުރު ގަޑީގެ ފައިސާ ދެމުންދިޔައީ ހަފްތާއަކު48 ގަޑިއިރު މަސައްކަތް ކުރުމުންނެވެ. މި ނިންމާއި ދެކޮޅަށް ގިނަ މުވައްޒަފުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވާއިރު އެންމެ ބޮޑަށް ދެކޮޅު ހެދީ މިދުވަސްވަރު ބުރަކޮށް މަސައްކަތް ކުރަމުންދާ ސިއްހީ ދާއިރާގެ މުވައްޒަފުންނެވެ.

މި ނިންމުމާއި އެކު ސިވިލް ސާވެންޓުންގެ ރަސްމީ މަސައްކަތު ގަޑި ނިމޭ ވަގުތުން ފެށިގެން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ. އަދި ސިއްހީ ހިދުމަތްތެރިންނަށް ހަ ގަޑިއިރަށް ފަހު މަސައްކަތްކުރާ ކޮންމެ ވަގުތަކީ އިތުރު ގަޑީގެ ގޮތުގައި ފައިސާ ލިބޭނެ ވަގުތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް