ހއ.ދިއްދޫގައި މިހާރު ކުރިއަށް ދާ ކައުންސިލް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެ ޓީމުން ހަމަނުޖެހުން ހިންގައި ދަނޑަށް ގެއްލުންތަކެއް ދީފިއެވެ.
ރޭ 23:00 ގައި ކުޅުނު މެޗުގައި ދެ ޓީމުގެ ދެމެދު ހަމަނުޖެހުން އުފެދި، ދެ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ދަނޑުގެ މެޓް ތަކާއި، މުބާރާތަށް ގެނެސްފައި ހުރި ގޮނޑިތަކަށް ގެއްލުން ދީފައި ވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ގޮސް ތަނުގެ މަސްލަހަތަށް ބަލައި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ވާކަމަށެވެ. އަދި ދެ ޓީމުގެ މެމްބަރުންނާއި ވާހަކަ ދައްކައި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.
މި މައްސަލަ އާއި ދޭތެރޭ ގޮތެއް ނިންމުމަށް ކައުންސިލްގެ ފަރާތުން އެދިފައިވާ ކަމަށާއި، އިތުރު ހަމަނުޖެހުމަކަށް މަގުފަހި ވިޔަނުދިނުމަށް ދަނޑުގެ ސެކިއުރިޓީ ބެލެހެއްޓިފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހަމަނުޖެހުމުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް