އިންޑިޔާގައި 2018 ވަނަ އަހަރުގެ ޖެނުއަރީމަހު އަށް އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލި ކަމުގެ ކުއް ހަ މީހެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.
މި ކުށުގެ ތުހުމަތު ކުރެވުނު ހަތް މީހުންގެ ތެރެއިން ހަ މީހެއްގެ ކުއް ސާބިތުވާކަމަށް މިއަދު ހުކުމް ކޮށްފައިވަނީ އެގައުމުގެ ޕުންޖާބުގެ ޕަތަންކޮޓްގެ ހާއްސަ ކޯޓަކުންނެވެ. މި މައްސަލާގައި 100 އެއްހައި މީހުންގެ ހެކިބަސް ވަނީ ނަގާފައެވެ.
އިންޑިޔާގެ ބާރުގެ ދަށުގައިވާ ޖައްމު ކަޝްމީރުގައި ހިނގި މި ހާދިސާއަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނެވެ. މި މައްސަލާގައި ކުއްކުރި މީހުން ހޯދައި އަދަބު ދިނުމަށް އދ ގެ ސެކެއްޓަރީ ޖެނެރަލްވެސް ގޮވާލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް