ދޮގު މައުލޫމާތު ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނަން: އާސަންދަ

ހުޅުމާލޭ ހޮސްޕިޓަލާއި އާސަންދަ ކުންފުނި ބަދުނާމުވާގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުން ދޮގު ވާހަކަ ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފި އެވެ. އާސަންދަ ކުންފުނިން މިރޭ ނެ...

11 Jun 2018 | 18:19

ހުޅުމާލޭ ހޮސްޕިޓަލާއި އާސަންދަ ކުންފުނި ބަދުނާމުވާގޮތަށް މީޑިއާގެ އެކި ވަސީލަތްތަކުން ދޮގު ވާހަކަ ފަތުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފި އެވެ.

އާސަންދަ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަހަކަށް އައިސް ކުންފުނިން ދޭ މައުލޫމާތު އޮޅުން އަރާނެހެން ފަތުރާ، ކުންފުނި ބަދުނާމުވާގޮތަށް ވާހަކަ ފަތުރަމުންދާކަމަށެވެ. އެފަދަ އަމަލުތައް ކުށްވެރި ކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ސިއްހީ ދާއިރާ ފަދަ ނާޒުކު އަދި ރައްޔިތުންނާއި ގުޅިފައިވާ ދާއިރާއެއްގެ ކަންކަން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ބިރުވެރިކަން އުފެދޭގޮތަށް ރިޕޯޓު ނުކުރުމަށް އިލްތިމާސް ނުކުރާ ކަމަށެވެ. އަދި މިގޮތަށް އަމަލު ކުރާނަމަ ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިދިޔަ ހަފްތާގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ޒުވާނާ އަކީ ކާކުކަން ނޭނގޭތީ މެމޯއެއް ނުހެއްދިގެން ފަރުވާ ނުދީ ބާއްވާފައި އޮތް ކަމަށް ބުނެ މީޑިއާގައި ރިޕޯޓު ކޮށް، މީހަކު އެވާހަކަ ފޭސްބުކްގައި ޖަހާފައިވަނިކޮށެވެ. އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފައި އެވެ.

އާސަންދަ ކުންފުނިން ބުނީ އެމީހާއަށް ވަގުތުން އަވަސް ވަރުވާ އެރޭ ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް